ކ.މާފުށި - ފޮޓޯ: އަވަސް

ނިޔާވެފައި އޮތް ކުޑަކުއްޖަކު މޫދުން ފެނިއްޖެ

ނިޔާވެފައި އޮތް އުމުރުން 4 އަހަރުގެ ކުޑަކުއްޖަކު މޫދުން ފެނިއްޖެއެވެ.

ނިޔާވެފައިވަނީ ކ. މާފުއްޓަށް ޗުއްޓީ ހޭދަކުރަން ގޮސްއުޅުނު އާއިލާއެއްގެ ފިރިހެން ކުއްޖެކެވެ. މި ކުއްޖާ ގެނބުމާއި ގުޅިގެން މިހާދިސާ ވަނީ ފުލުހުންނަށް ރިޕޯޓް ކޮށްފައެވެ.

ފުލުހުން ވިދާޅުވެފައިވާ ގޮތުގައި މިހާދިސާގެ މަޢުލޫމާތު ފުލުހުންނަށ ލިބުމާއި ގުޅިގެން، ފުލުހުން އެ ސަރަހައްދަށް ދިޔައިރު ގެނބުނު ކުޑަކުއްޖާ ވަނީ މާފުށީ ހެލްތް ސެންޓަރ ގެންގޮސްފައެވެ. އަދި ކުއްޖާ ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް އެއްވެސް ހަރަކާތެއް ނެތްކަމަށް މަޢުލޫމާތު ލިބިފައިވާ ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން މިހާރުދަނީ މާފުށީ ހެލްތް ސެންޓާރުގައި ހަރަކާތްތެރިވަމުންނެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މިމައްސަލަ އެފަރާތަށް ހުށައެޅިފައިވަނީ 14:56 ހާއިރުކަމަށާއި، އަދި މިކުޑަކުއްޖާ އެސެންޓަރަށް ގެންދިޔައިރުވެސްއޮތީ ނިޔާވެފައިވާކަމަށް ޑޮކްޓަރު ޔަޤީންކޮށްދެއްވާފައިވާކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މީހެއް

    Surukhee jehumuge ehaa rangalhu gotheh kamah nufeney ehen jehumun heevanee genbunu kan report nukoh ovvaa fenun hen

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ