އަޅުގަނޑުމެން ވީ ވަޢުދު އަޅުގަނޑުމެން ފުއްދައިފިން ކަމުގައި ހޯމް މިނިސްޓަރ ސެއިޙް އިމްރަން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވެފައިވަނީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު، ބޭސްފަރުވަޔަށް ރާއްޖެއިންބޭރަށް ވަޑައިގަތުމަށް ފަހު މިއަދު އެނބުރި ރާއްޖެ ވަޑައިގަތުމާއި ގުޅިގެން ކުރެއްވި ޓްވީޓްއެއްގައެވެ.
ޓްވީޓްގައި އިމްރާން ވިދާޅުވެފައިވަނީ "ޤާނޫނު ތަކުގެ މަޙްފޫމާއި އިންސާނިއްޔަތުކަމަށް ރިޢާޔަތްކޮށް، އަޙްމަދު އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާޔަށް ގެންދިއުމަށްފަހު އަނބުރާގެނެސް ތަންފީޒުކުރަންޖެހޭ ހުކުމް ތަންފީޒު ކުރުމަށް އަޅުގަނޑުމެން ރައްޔިތުންނަށް ޔަގީންކަން ދިނިން" ކަމަށެވެ. އަދި އެއާއިއެކު "އަޅުގަނޑުމެން ވީ ވަޢުދު އަޅުގަނޑުމެން ފުއްދައިފިން" ކަމުގައި އިމްރަން ވަނީ ވިދާޅުވެފައެވެ.
Qaanoon thakuge mafhoomaai insaaniyathukamah riaayahkoh, Ahmed Adeeb Raajjein beyrah beysfaruvaayah gendhiumah fahu anburaagenes thanfeezkuran jehey hukum thanfeez kuraanekamah alhugandumen rayyithunnah yageenkandhinin. Alhugandumen veevaudhu alhugandumen fuddhaafin.
— Imran Abdulla (@ShimranAb) July 6, 2019
އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދިނުމާއި ގުޅިގެން އެކިފަރާތްތަކުން ގެންދިޔައީ ބޭސްފަރުވާއަށް ދިޔުމަށް ފަހު އަދީބު ފިލާނެކަމށް ވިދާޅުވެ ވާހަކަ ފުޅުދައްކަވަމުންނެވެ. ނަމަވެސް ސަރުކާރުންވަނީ ބޭސްފަރުވާއަށް ފަހު އަދީބު ރާއްޖެ ގެންނާނެކަމަށް ވިދާޅުވެފައެވެ.




