މާލޭ ގެެއެއްގެ ގޯޅިތެރެއިން ވެރިއަކު ނެތް ރަތްކުލައިގެ ފޮށްޓެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާތީ، އެ ފޮށީގެވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ. މި ފޮށި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2019 ޖުލައި 1 ވަނަ ދުވަހު މާލޭ މައްޗަންގޯޅި އަވަށުގައި ހުރި ގެއެއްގެ ގޯތި ތެރެއިން ކަމަށެވެ.
"މިފޮށީގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި، ވެރިފަރާތްކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޟިރުވެ، ފޮށްޓާ ހަވާލުވެލެއްވުން އެދެން." ފުލުހުން ވިދާޅުވިއެވެ.
މިފަދަ ގޮތްގޮތަށް ވެރިން ނުވެ ހުންނަ ތަކެއްޗާއި، ވަގަށް ނަގާ ތަކެތީގެ ވެރިފަރާތް ހޯދާ ފުލުހުން ދަނީ އެތަކެތީގެ ވެރިންނަށް ރައްދުކުރަމުންނެވެ.



