ލީނާގެ ޕޯސްޓަރެއް

"ލީނާ" ގެ ޓިކެޓް މާދަމާ ވިއްކަން ފަށަނީ!

ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) ޑައިރެކްޓްކުރާ ފުރަތަމަ ފީޗާ ފިލްމް، "ލީނާ" ގެ ޓިކެޓް ވިއްކަން މާދަމާ ފަށާނެކަމަށް މުއާ ބުނެފިއެވެ.

މީގެ އަހަރުތަކެއް ކުރިން ވިޔަފަރިވެރިންގެ ޖަމިއްޔާގެ ފާހަނާ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު އެ ޖަމިއްޔާގެ ސެކެރެޓަރީ އަޒްލީނާ ނަފީސް ގެ މަރުގެ ހާދިސާއިން އިންސްޕަޔާރ ވެގެން މުއާ ތައްޔާރުކުރި ދިވެހި ފިލްމު "ލީނާ" ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ މިހިނގާ ޖުލައި މަހުގެ 23 ވާ އަންގާރަ ދުވަހުގެ ރެއެވެ.

މުއާ ބުނީ ޓިކެޓް ވިއްކަން މާދަމާ ހެނދުނު ފަށާނެ ކަމަށާއި، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް ޓިކެޓް ވިއްކުމުގެ ކަންތައް ކުރިއަށްދާނެ ކަމަށެވެ. އަދި ފުރަތަމަ ދެ ރޭގެ ޝޯއަށް ނަން ނޯޓުނުކުރެވޭނެ ކަމަށާއި ޓިކެޓް ވިއްކާނީ ގަންނަން އަންނަ ތަރުތީބުން ކަމަށްވެސް މުއާ ބުންޏެވެ.

Leena - Teaser Trailer

"We all have our dreams" - Here is the official teaser trailer of Leena #Leena #April2019 #AnInnocentGirl

Posted by Leena on Thursday, January 31, 2019

އއ.އުކުޅަހުގައި ޝޫޓްކޮށްފައިވާ "ލީނާ" ގެ ޕްރިމިއާ ނައިޓްގެ ޓިކެޓް 200ރ އަށް އުޅޭއިރު، އެހެން ރޭތަކުގެ ޝޯގެ ޓިކެޓް އުޅެނީ 100 ރުފިޔާއަށެވެ.

ފިލްމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން ނަންބަރު 7234443 އަށް ގުޅުއްވުމަށް މުއާ އެދިލައްވާއިރު، މި ފިލްމުގެ ޕްރިމިއަރ ޝޯގައި ރެޑްކާޕެޓްގެ އިތުރުން ތަފާތު މުނިފޫހިފިލުވުމުގެ ސްޓޭޖް ހަރާތްތައް ރޭވިފައިވާކަމަށް މުއާ ބުންޏެވެ.

Here is the theatrical trailer of Leena, in cinemas on 23rd July 2019. #Leena #Aninnocentgirl

Posted by Leena on Sunday, June 30, 2019

މި ފިލްމުގައި ލީނާގެ ރޯލް އަދާ ކުރާނީ ފަހުގެ ދިވެހި ގިނަ ފިލްމުތަކުގައި ބޮޑު މަޝްހޫރުކަމެއް ހޯދަމުން އަންނަ ފިލްމީ ތަރި މަރިޔަމް އައްޒަ އެވެ. އަދި އަޒްލީނާގެ ގާތިލްގެ ރޯލު އަދާ ކުރާނީ ފިލްމުގެ ޑައިރެކްޓަރ އަބްދުﷲ މުއާޒް (މުއާ) އެވެ.

މީގެ އިތުރުން މި ފިލްމުން ފެނިގެންދާނެ ތަރިންނަކީ އަލީ އާޒިމް (ދޮންއައްޔަ)، ނުޒުހަތު ޝުއައިބް (ނުޒޫ)، ޒީނަތު އައްބާސް، އަހުމަދު އީސާ (އާނަންދު)، މަރިޔަމް ހަލީމް، އަހުމަދު ނިމާލް އަދި އަހުމަދު ސައީދު ފަދަ ކުޅަދާނަ ތަރިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ