ޤަވާއިދާ ޚިލާފަށް ދުންފަތުގެ އިސްތިއުމާލުކުރި 15 ފަރާތަކާއި، ކުނިއުކި 8 ފަރާތެއް ޖޫރިމަނާކޮށްފި

ދުންފަތުގެ އިސްޔތިއުމާލުކުރުން މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރި 15 ފަރާތަކާއި، ކުނި އުކުމުގެ ޤަވާއިދާ ޚިލާފުވި 8 ފަރާތެއް ޖޫރިމަނާކޮށްފިއެވެ.

ދިވެހި ތިމާވެށި ފުލުހުންގެ ވޭތުވެދިޔަ ހަފްތާގެ ތަފާސްހިސާބުތައް ފުލުހުން މިއަދު އާއްމުކޮށްފައިވާއިރު، ތަފާސްހިސާބުތަކުން ދައްކާގޮތުގައި ބަޔަކު ޖޫރިމަނާކުރިއިރު، ތިމާވެއްޓާ ގުޅުންހުރި 46 މައްސަލައެއް ފުލުހުން ހައްލުކޮށްފައިވެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ތިމާވެށި ފުލުހުން ވަނީ 11 ފިހާރައަކަށާއި، ދެ ކެފޭ އަދި 25 ކޮންސްޓްރަކްޝަން ސައިޓަށް އަދި 28 ގޭބީސީ ނުވަތަ އޮފީހަށް ޒިޔާރަތްކޮށް، 66 ފަރާތަކަށް އަނގަބަހުން ނަސޭހަތް ދެއްވާފައެވެ.

2019 ޖޫން 29 އިން 2019 ޖުލައި 5 ވަނަ ދުވަހާ ދެމެދު ފާހަގަކުރެވުނު މައްސަލަތަކުގެ ތެރެއިން މިހާތަނަށް ހައްލުކުރެވިފައި ނުވަނީ 20 މައްސަލަ ކަމަށްވެސް ފުލުހުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ