މަނާ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރި 11 ފަރާތެއް ޖޫރިމަނާކޮށްފި

ދުންތަފް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނާ ޚިލާފުވި ފަރާތްތަކެއް ޖޫރިމަނާ ކޮށްފިއެވެ.

ތިމާވެށި ފުލުހުންގެ ވޭތުވެދިޔަ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމާ ގުޅިގެން ބައެއް ތަންތަނާއި މީހުން ހިމެނޭހެން 11 ފަރާތެއް ޖޫރިމަނާ ކޮށްފައިވެއެވެ.

ވޭތުވެދިޔަ ހަފްތާގައި މިބާވަތުގެ ކަންކަމުގައި 11 ފަރާތެއް ޖޫރިމަނާ ކުރިއިރު، އޭގެ ކުރީ ހަފްތާގައި އެފަދަ ކަންކަމާ ގުޅިގެން ޖޫރިމަނާ ކޮށްފައިވަނީ 8 ފަރާތެކެވެ. އެހެންކަމުން އެ އަދަދު ނިމިދިޔަ ހަފްތާގައި ވަނީ މައްޗަށް ޖެހިލާފައެވެ.

ތިމާވެށި ފުލުހުންގެ މަސައްކަތުގެ ތަފާސްހިސާބުތައް ކޮންމެ ހަފްތާއަކު އާއްމުކުރަމުންދާއިރު، ފުލުހުން ވަނީ ވޭތުވެދިޔަ ހަފްތާގައި 60 ކޮންސްޓްރަކްޝަން ސައިޓަކަށްވެސް ޒިޔާރަތްކޮށް އެތަންތަން މޮނިޓަރ ކޮށްފައެވެ.

ދުންފަތް ކޮށްޓްރޯލް ކުރުމުގެ ޤާނޫނުން ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ތަންތަން:

  • ސިނަމާތަކާއި ޖަލްސާކުރާ މާލަންތައް
  • ޢާންމު ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ އެންމެހައި އުޅަނދުފަހަރާއި ތަންތަން ނުވަތަ ތަންތަނުގެ ބައެއް ނުވަތަ ބައިތައް
  • ސައި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތަކާއި، ކާބޯތަކެތި ހަދާ ތަންތަނާއި، ވިއްކާ ތަންތަން ނުވަތަ އެފަދަ ތަންތަނުގެ ބައެއް ނުވަތަ ބައިތައް
  • މިސްކިތްތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، އުނގަންނައިދޭ ތަންތަނާއި، ކުޑަކުދިން ބަލަހައްޓާ އަދި ތަރުބިއްޔަތުދޭ ތަންތަނާއި، އެތަންތަނުގައި ހާމަކޮށް އޮންނަ ބިންތަކާއި، އެތަންތަނުގެ ގޯތި ތެރޭގައި ހުންނަ އެންމެހައި ޢިމާރާތްތަކާއި، އެތަންތަނުގެ ގޯއްޗާއި، ގުޅުވައިގެން ވަދެ ނިކުމެވޭ ގޮތަށް ހުންނަ ޚިދުމަތްދޭ ތަންތަން
  • ސަރުކާރުގެ އެންމެހައި އިދާރާތައް ހިންގާ ޢިމާރާތްތައް
  • ކުޅިވަރުކުޅޭ ޢިމާރާތްތަކާއި، ކޯޓުތަކާއި، ދަނޑުތަކާއި، ސްޓޭޑިއަމްތައް
މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ