ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު، ދައްކަވާ ވާހަކަ ފުޅާއި ހިތްހަމަ ނުޖެހި ވަޑައިގެން ޗައިނާގެ ސަފީރު ރައްދު ދެއްވައިފިއެވެ.
ނަޝިދަށް ރައްދު ދެއްވައި ޗައިނާގެ ސަފީރު ޒަންގް ލިއޮން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ސައްހަ ނޫން އަދި ހަޤީގަތް އޮޅޭ ފަދަ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުން ގަބޫލުނުކުރެވޭނެކަމަށާއި އެކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުމަށްވެސް ނުބައި އަސަރެއްކުރާނެކަމަށެވެ.
Thank you, Mr. Speaker.@MohamedNasheed What I cannot accept is continuous unverified and misleading info. to the public, which harms our friendly relations. it is vital to have rational diologue based on correct data. and It is a phonecall away to get full picture for any doubt. pic.twitter.com/ANWLO2JGbQ
— Amb. Zhang Lizhong (@AmbassadorZhang) July 7, 2019
ޒަންގް ލިއޮން މިހެން ވިދާޅުވެފައިވާއިރު، ރާއްޖެއާއި ޗައިނާއާއި ދެމެދު ރައީސް ޔާމީންގެ ސަރުކަރުގައި ވަނީ ވަރަށް ގާތް ގުޅުމެއް އުފައްދާ، ވިޔަފާރީގެ ބޮޑެތި މަޝްރޫޢުތަކެއް ޗައިނާއާއިއެކު ކޮށްފައެވެ. އެގޮތުން "ސިނަމާލެ ބުރިޖް" އެޅުން އެއީ ފާހަގަ ކޮށްލެވޭ ކަމެކެވެ.
ލިއޮން އާއި ނަޝީދާ ދެމެދު ބަހުގެ ހަމަލާތައް ފެށިފައިމި ވަނީ ރާއްޖެއިން ޗައިނާ އަށް ދަރާފައިވާ އަދަދާ މެދު އެކި ފަހަރުމަތިން ވާހަކަފުޅުދައްކަވާފައި ވަނިކޮށެވެ. އެގޮތުން ޔާމީންގެ ސަރުކާރުގައި ހިންގި ބޮޑެތި މަޝްރޫއުތަކަށް ޗައިނާ އިން ނެގި ދަރަނި 3.4 ބިލިއަން ޑޮލަރު ޖެހޭ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ލިއޮން ވަނީ މިކަން ދޮގުކޮށްފައެވެ. އޭނާ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާގެ ލޯނުތަކުގެ އަދަދު އުޅޭނީ، 1.5 ބިލިއަން ޑޮލަރުގައި ކަމަށެވެ.
ލިއޮން ވިދާޅުވި ގޮތުގައި އެއްވެސް ޝައްކެއް އުޅޭ ނަމަ އޭގެ ފުރިހަމަ ތަސްވީރު ހޯދަން ބޭނުންވަނީ އެންމެ ފޯން ކޯލެއްކަމަށެވެ.



