އައްޑޫ މީހަކާއި ތިމަރަފުށީ މީހަކު ހޯދަން ފުލުހުން ފޮޓޯ އާއްމުކޮށްފި

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަނުން ތަޙްޤީޤް ކުރަމުންދާ ދެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ ސ.ފޭދޫ، އުޖާލާ، މުޞްޠަފާ އަޙްމަދު، (28އ) އާއި ތ.ތިމަރަފުށި، ޢަލީއާބާދު، އިބްރާހީމް މުޙައްމަދު (25އ) ކަމަށެވެ.

ވީމާ މި ދެމީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަމްބަރު 9631696 ށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން އެދިލައްވައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ޝުކުރު އަދާކުރަށްވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ