ދެކުނުގެ ރަށެއްގައި 30000 ރުފިޔާއަށް ތުއްތު ކުއްޖަކު ވިއްކާލައިފި

ރާއްޖޭގެ ދެކުނުގެ ރަށެއްގައި 30000 ދިވެހި ރުފިޔާއަށް ތުއްތު ކުއްޖަކު ވިއްކާލައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި މިކުއްޖާ ވިއްކާލައިފައިވަނީ، ދަރިން ނުލިބޭ ދެމަފިރިއަކަށެވެ. އަދި މިކުއްޖާގެ އުމުރެއްކަމަށްވަނީ އެއް އަހަރެވެ.

މިހާދިސާއާއި ގުޅޭގޮތުން ޖެންޑަރ މިނިސްޓްރީއަށް ސުވާލުކުރުމުން އެމިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، "މިކަމާ ގުޅޭގޮތުން މިވަގުތު އެއްވެސް އެއްޗެއް ވިދާޅުވެވެން ނެތް" ކަމަށެވެ.

އޮންލައިން ނޫސް "ވަގުތު" އިން ކުއްޖާ ވިއްކާލައިފައިވާ ރަށުގެ ކައުންސިލާއި ހަވާލާދީ ބުނެފައިވަނީ އެކުއްޖާ ވިއްކާލާފައި ވަނީ އެގްރިމެންޓެއްގައި ސޮއި ވެސް ކުރުވުމަށް ފަހުގައި ކަމަށެވެ. އެގްރިމެންޓްގައި ލިޔެފައި އޮތީ ކުއްޖާ ދިނުމުން ހަދިޔާއެއްގެ ގޮތުގައި ކުއްޖާގެ މަންމަ އަށް 30000 ރުފިޔާ ދޭ ކަމަށެވެ.

ޖެންޑާ މިނިސްޓްރީން އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް ތުއްތު ކުއްޖާ މިހާރު ގެންގޮސްފައިވާ ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ. ނަމަވެސް ޖެންޑާ މިނިސްޓްރީން މިމައްސަލައިގައި ވަކި އެއްޗެއް ބުނެފައި ނުވާތީވެ މިމައުލޫމާތުވަނީ ޔަގީން ނުކުރެވިއެވެ.

މިފަހަކަށް އައިސް ކުޑަކުދިންނާއި ގުޅޭ ތަފާތު ގިނަ މައްސަލަތަކެއްވަނީ ފެންމަތިވެގެން ގޮސްފައެވެ. މީގެތެރޭގައި ކުޑަކުދިންނަށް ވެވޭ އިހުމާލާއި އެކުދިންނަށް ކުރެވޭ ޖިންސީ ގޯނާގެ މައްސަލަތައްވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

3 Responses

  1. Afeef

    B**** eh nu …keevve rashuge nan …adhi emeehun ge jahan nukerigen thiliyanee….kondhekunuge rashe k liyaakah

  2. Abdullah

    vikkun goas. Balahattaa bodukuran dhinun ok

    • Hawwa

      Suruhee kamaku nudhe
      Hadhiyaa ehge gothuga 30 thousand dhin vaahaka othy vikkaaleekee ekey noon

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ