ކ.ކާށިދޫ - ފޮޓޯ: ޝާބިލް

ކާށިދޫން ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު ކޯޓުން ދޫކޮށްލައިފި

މަސްތުވާތަކެއްޗާދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކާށިދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ކާށިދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖުލައި 07 ވަނަ ދުވަހުގެ 01:25 އެހައިކަންހާއިރު ހިންގި މި އޮޕަރޭޝަނުގައި ކާށިދޫ ގެއަކުން ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރާއި 28 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.

"ކޯޓު އަމުރެއްގެ ދަށުން އެެ ގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ބިޑިއާއި ދެ ރަބަރު ޕެކެޓް އަދި އެއް ސެލޯފިންކޮޅު ވަނީ ފެނިފައި." ފުލުހުން ވިދާޅުވިއެވެ.

މި މައްސަލާގައި ހައްޔަރުކުރެވުނު މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 28 އަހަރުގެ މީހާއަށް ތިން ދުވަސް ދީފައިވާއިރު، 27 އަހަރުގެ މީހާ ވަނީ ދޫކޮށްލާފައެވެ.

މި މައްސަލަ ކާށިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ