މާލޭގެ ގެއެއްގައި ފުލުހުންތަކެއް މީހަކަށް އަނިޔާ ކުރި މައްސަލައިގައި އެކަމުގައި ބައިވެރިވި ފުލުހުން ސަސްޕެންޑް ކުރުމުން, އެ ފުލުހުންގެ ދިފާއުގައި ގިނަ އަދަދެއްގެ ފުލުހުން މީސްމީޑިއާ ޕްރޮފައިލް ކަޅުކޮށް، އެމީހުންގެ ފަހަތުގައި ތިބިކަން ހާމަކުރަން ފަށައިފިއެވެ.
ފުލުހުންތަކެއް ފޭސްބުކްގައި ޕްރޮފައިލް ފޮޓޯ ކަޅު ކުލައަށް ބަދަލުކުރިއިރު ގިނަ ފުލުހުންގެ ކަޅު ޕްރޮފައިލްގައި "ވިތް ޑީއީޑީ" ޖަހާފައިވެއެވެ. ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ވަނީ 7 ފުލުހަކު ސަސްޕެންޑު ކުރުމުގެ އިތުރުން ޖިނާއީ ތަހުގީގެއް ވެސް ހިންގަން ފަށާފައެވެ.
ފުލުހުން އިއްޔެ ވިދާޅުވީ، މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމަތާއި ގުޅިގެން 2019 ޖުލައި 05 ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް 19:35 ހާއިރު ހިންގި އޮޕަރޭޝަން ހިންގުމުގެ ތެރޭގައި މިމައްސަލާގައި ތުޙުމަތު ކުރެވޭ ބަންގްލަދޭޝް މީހާ ގައިގާ ތަޅާ އަނިޔާކޮށްފައިވާ މައްސަލައެއްގެ ތަޙުޤީގު މިހާރު އެސަރވިސްއިން ކުރިއަށް ގެންދާތީ މިތަޙުޤީގާއި ގުޅިގެން 7 ފުލުހަކު ސަސްޕެންޑްކުރެވިފައިވާކަމަށެވެ.
Gina adhadhehge Fuluhun eh meehun ge profile picture kalhu kulayah badhalu kuramun dhanee. pic.twitter.com/5MsnrbZTFy
— #MvCrisis ?? (@MvCrisis) July 8, 2019
އަދި މިމައްސަލާގައި ހައްޔަރު ކުރެވުނު 2 މީހުން ޑޮކްޓަރަށް ދައްކައި ފަރުވާދެވިފައިވާއިރު، މިއޮޕަރޭޝަންގައި ފުލުހުން ކޮށްފައިވާ އަނިޔާކަމަށްބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަކީ މިހާދިޘާއާއި ގުޅުންހުރި ފޮޓޯތަކެއް ނޫންކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.
އެއަމަލުތައް ހިންގީ ވަކި ބައެއްކަމަށްބުނެ މީސްމީޑިއާގައި ފުލުހުންގެ ފޮޓޯޖަހައި، އިންޒާރުދީ އަދި ބިރުދައްކަމުންދާތީ އެފަދަ ސައްޚަ ނޫން މަޢުލޫމާތު ދައުރު ނުކުރުމަށްވެސް ފުލުހުން އިލްތިމާސް ކުރައްވާފައިވެއެވެ.
މީގެއިތުރުން ފުލުހުން ވިދާޅުވީ، ފުލުހުންގެ “ކޯޑު އޮފް އެތިކްސް” އަދި “ކޯޑް އޮފް ކޮންޑަކްޓް” އަދި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޚިލާފުވާފަދަ ކަންކަން ހިނގުމަށް ފުރުޞަތު ނުދިނުމަށް އެސަރވިސްއިން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއްވެސް އަޅާނެކަމުގެ ޔަޤީންކަށް ރައްޔިތުންނަށް އަރުވާކަމަށެވެ.
މި މައްސަލައިގައި ގިނަ ފުލުހުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ހާދިސާގައި އިސްވެ ފުލުހުންނަށް ހަމަލާދީފައިވަނީ ބިދޭސީ މީހާ ކަމަށާއި، ކަމުގެ ހަޤީޤަތް ބެލުމެއްނެތި މުއައްސަސާގެ އަގު ވައްޓާނުލުމަށްވެސް ބައެއް ފުލުހުން ދަނީ އެދެމުންންވެ.




ހިޔާލު
MDP ah nisbay vaa bayaku athun masthuvaa thakethi nagaagen polihun hayyaru kureema polihun thi kadavee,maadhan ves idhikolhu muzaaharaayakun polihun meehaku thalhaabala kuhveri vaany aammu meeha,adhi e meehaku india ai havaalu kuraane thahuheegu hingan, balaaveri sarukaaru,selfy sarukaaru,140 million dollar fenfodakaa nulaa dhiruvaali vagu sarukaaru,hus vagun thibi sarukaareh