އަޅުގަނޑަކީ ލުޠުފީގެ ވަކީލެއް ނޫން - ހުސްނުއްސުޢޫދު

19 ދިވެހިން ޝަހީދުކޮށްލި ބަޣާވާތުގެ މޭސްތިރިޔާ ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީގެ ވަކީލަކަށް މަސައްކަތް ނުކުރައްވާކަމަށް މަޝްހޫރު ޤާނޫނީ ވަކީލު ހުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ.

ހުސްނުއްސުޢޫދު މިހެން ވިދާޅެވަފައި މިވަނީ ލުޠުފީގެ ނަމުގައި ހުޅުވާފައިވާ ޓްވިޓަރ އެކައުންޓަކުން، އޭނާގެ ޤާނޫނީ ވަކީލަކީ ހުސްނުއްސުޢޫދު ކަމަށް ބުނެ ކުރި ޓްވީޓަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.

ޢަބްދުﷲ ލުޠުފީގެ ނަމުގައި ހުޅުވާފައިވާ ޓްވިޓަރ އެކައުންޓުން މިއަދު ހެނދުނު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ސަމާލަތުން ރާއްޖެ އާދެވުނީތީ އުފާކުރާ ކަމަށާއި، ޖަލު ބަންދަށް ދާންޖެހޭތީ ދެން ޓްވީޓް ނުކުރެވޭނެ ކަމަށާއި، އޭނާގެ ވަކީލެއްގެ ގޮތުގައި ހުސްނުއްސުޢޫދު ހަމަޖައްސާފައިވާ ކަމަށެވެ.

https://twitter.com/AbdullahLuthfee/status/1148647301067313152

މި ކަމަށް ރައްދު ދެއްވައި ހުސްނުއްސުޢޫދު ވިދާޅުވީ، ދޮގު ޚަބަރު ފެތުރުމަކީ ވަރަށް ދަށް ފެންވަރުގެ ކަމެއް ކަމަށާއި، ލުޠުފީގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ނުކުރައްވާ ކަމަށެވެ.

https://twitter.com/hsuood/status/1148812780058714117

މަޝްހޫރު ޤާނޫނީ ވަކީލު ހުސްނުއްސުޢޫދު ވަނީ މިމަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބާ ކައުންސިލްގެ އިންތިޚާބުގައި، އެ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމަވައި ފޯމު ހުށަހަޅުއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ