ސުއޫދު އަދި މުއުތަސިމް - ފޮޓޯ: މިހާރު

އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް، ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސުއޫދު

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމަށް މަރުކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު އަދި އުއްތަމަ ފަނޑިޔާރަކަށް އަލްއުސްތާޛު އަޙްމަދު މުޢުތަސިމް ޢަދުނާނު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މަޖިލީހުން މި ދެބޭފުޅުންނަށް ރުހުންދީފައިވަނީ މިއަދު ކުރިޔަށް ދިޔަ މަޖިލީހުގެ ޖަލްސާގައެވެ. އެގޮތުން އުއްތަމަ ފަނޑިޔާކަށް މުޢުތަސިމްއަށް ރުހުން ދީފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ. އަދި ސުއޫދުއަށް ރުހުން ދީފައިވަނީ 64 މެންބަރުންގެ ވޯޓުންނެވެ.

ސްޕްރީމް ކޯޓުގެ ހުސްވެފައިވާ ތިން ފަޑިޔާރުންގެ މަޤާމަށް ބޭފުޅުން އައްޔަން ކުރެއްވުމަށް ރައީސް ވަނީ ތިން ފަރާތެއްގެ ނަން ފޮނުވާފައެވެ. އޭގެ ތެރެއިން ދެ ބޭފުޅުންނަށް ރުހުން ދީފައިވާ އިރު ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެއްބޭފުޅެއްގެ ޝަކުވާތަކެއް ހުށައެޅިފައިވާތީ ޝަކުވާތަށް ބެލުމަށް އެބޭފުޅާއާއި މެދު ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

އުއްތަމަ ފަނޑިޔާރަކަށް ރުހުން ދީފައިވާ މުޢުތަސިމްއަކީ ކުރިން ސްޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި ފަނޑިޔާރު ކަމަށް ރުހުން ދީފައިވާ ސުއޫދަކީ ކުރީގެ އެޓާނީ ޖެނެރަލްކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އުފެއްދެވި މަރު ކޮމިޝަންގެ ރައީސްކަންވެސް ސުއޫދު އަންނަނީ ކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ