ޑާކްރެއިން އެންޓެޓެއިންމެންޓްގެ މިއަހަރުގެ ބޮޑު ފިލްމް "މާމުއި" ސިނަމާގައި ރިލީޒްކުރިތާ ދިހަ ދުވަސްތެރޭގައި ހައުސްފުލް 10 ޝޯ މިހާރު ދައްކާފިއެވެ.
އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ކޮމެޑީ ފިލްމް "މާމުއި" އަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުންއަންނައިރު، މިއީ މިހާތަނަށް ޑާކްރެއިން އެންޓެޓެއިންމެންޓް އިން އުފައްދަމުން އަންނަ ކޮމެޑީ ފިލްމް ތަކުގެ ތެރެއިން އެންމެ ތަފާތު ކޮމެޑީ ފިލްމެވެ.
ޖުލައި 1 ގައި ދިވެހި ސިނަމާގައި މިފިލްމް ރިލީޒްކޮށްފައިވާއިރު، ހައުސްފުލް 10 ޝޯ މާލޭގެ ސިނަމާގައި ދައްކާފައިވުމަކީ، ބެލުންތެރިން ފިލްމް ބަލައިގަނެފިކަމުގެ ހެއްކެކެވެ.
ފިލްމް ގެ މޮޅުކަމާއި، ވާހަކައިގެ ތަފާތުކަން ފިލްމް ބެލި ގިނަފަރާތްތަކަކުން ފާހަގަކުރަމުންއަންއިރު، ބެލުންތެރިންގެ ފަރާތުން ހީނުކުރާވަރަށް މީސްމީޑިއާގައި ފިލްމަށް ތަޢުރީފްދަނީ އޮށްސަމުންނެވެ.
ބޮޑު ކާސްޓަކާއެކު ގެނެސްދީފައިވާ މި ފިލްމްގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ، އިސްމާއިލް ޖުމެއިހް (ޖުމާ)، މަރިޔަމް އައްޒަ، ޖުމައްޔިލް ނިމާލް (ޖުމަލް)، މަރިޔަމް މަޖުދާ (މަޖޫ)، ޝީލާ ނަޖީބު، ހަމްދާން ފާރޫގް، އިބްރާހިމް އަމާން ހުސެއިން، އަލީ ޝަލްލީލް، އަހްމަދު ސުނީ އަދި އައިޝަތު ޔާދާ، މާރިއާ ތްރޭސާ، އައިމިނަތު ނޫރާ، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، މަރިޔަމް މަޖުދާ (މަޖޫ)، ނުޒުހަތު ޝުއެއިބު، މުހައްމަދު ފައިސަލް، އަބުދުﷲ ޝާފިއު (ފުބޫ)، އަދި އާދަމް އާދަމް ރިޒްވީ އެވެ.
ޑާކްރެއިން އެންޓެޓެއިންމެންޓަކީ، މިވަގުތު ދިވެހި ފިލްމް އިންޑަސްޓްރީގައި ހުރި އެންމެ ވަރުގަދަ ޓީމުކަން މިފަހަރުވެސް މިވަނީ "މާމުއި" އާއެކު ސާބިތުކޮށްދީފައެވެ.




