19 ދިވެހިން ޝަހީދުކޮށްލި، 3 ނޮވެންބަރު 1988 ގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ، ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީ ފިލައިގެން އުޅެނިކޮށް ރޭ ވަނީ ރާއްޖެ ގެނެސްފައެވެ. ނަމަވެސް 9 އަހަރު ފިލައިގެން އުޅުނު ލުޠުފީ ރާއްޖެ ގެނައިިރު ވަރަށް ބޮޑަށް ސިފަ ވަނީ ބަދަލުވެފައެވެ.
ސިފައަށް އައިސްފައިހުރި ބޮޑެތި ބަދަލުތަކާއެކު ގިނަ ބަޔަކު ދިޔައީ ރޭ ރާއްޖެ ގެނައީ ލުޠުފީ ކަމާމެދު ސުވާލު އުފައްދަމުންނެވެ. އޭގެ ތެރޭގައި ޢާއްމު ރައްޔިތުންނާއި ސިޔާސީ ވެރިންވެސް ހިމެނެއެވެ.
ސުވާލުތައް ގިނަވެފައި ވަނިކޮށް ދިވެހިރާއްޖެއަށް އުފަން، ޕްރޮފެސަރ އުގައިލް މިވަނީ މި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.
ލުޠުފީގެ އެހާރާއި މިހާރުގެ ފޮޓޯތަކާއެކު އުގައިލް ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެހާރާއި މިހާރުގެ ފޮޓޯތަކުން ފެންނަނީ އެކަކު ކަމަށެވެ.
Indeed all these photos are from the same individual. pic.twitter.com/dUDZ3yOWFe
— Professor Ugail (@ugail) July 10, 2019
އިނގިރޭސި ވިލާތުގެ ބްރެޑްފޯޑް ޔުނިވަސިޓީގެ ވިޝުއަލް ކޮމްޕިއުޓިން ޑިޕާޓްމަންޓުގެ ހެޑް އުގައިލް އާއި އޭނާގެ ޓީމުން ވަނީ "ހޭލޯ"ގެ ނަމުން ނަން ދީފައިވާ، ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ މޫނުގެ ސިފަތައް އެއްކޮށް، އެ ކަންކަމަށް ބަލައިގެން އެއީ ކާކުކަން ދެނެގަނެވޭ ކެމެރާ ސިސްޓަމެއް އުފައްދާފައެވެ.
އުގައިލްގެ ޓީމުން އިނގިރޭސި ފުލުހުންނަށް ހަދައިދިން ކެމެރާ ކުރިމަތީގައި ތުހުމަތު ކުރެވޭ މީހާ ބަހައްޓަން ޖެހެނީ އެންމެ ގޮތަކަށެވެ. އޭރުން ކެމެރާ އަށް ފިތާލާ ކޮންމެ ފަހަރަކު، އޭގައި ހިމަނާފައިވާ ވަރުގަދަ ފޭޝަލް ރިކޮގްނިޝަން އަލްގޮރިދަމް ބޭނުން ކޮށްގެން ފަސް ފޮޓޯގަނޑު ނަގައި އެ މީހާގެ މޫނުގެ ތްރީޑީ މޮޑްލްއެއް ހަދާނެ އެވެ.
އުގައިލް އަންނަނީ އީޖާދީ ދުނިޔޭގައި ދިވެހިން ފަޚުރުވެރިވާފަދަ މަސައްކަތްތަކެއް ބައިނަލްއަޤްވާމީ މައިދާނުގައި ކުރައްވަމުންނެވެ.




ހިޔާލު
Meena keehvetha kaakukan dhenegannan beynunkuraa software in analyse kurumuge video aa eku kashavarukoh nudhiny
Hama adhadhuthakeh jahaafa aee eynaey kiyaafa photo hedhyma gaboolukureveytha