ބަނގުރާ ވިއްކުމާއި އޫރުމަސްވިއްކުން ހުއްޓާލަން ބޭނުންވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވެފައިވަނީ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް، ޓޫރިޒަމް މިނިސްޓަރ ހާޒިރުކޮށް ސުވާލުކުރައްވަމުންނެވެ.
މި ކޮމެޓީގައި ސުވާލުކުރައްވަމުން، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެފައި ވަނީ ރާއްޖޭގައި ކެސިނޯ އަޅަން އެއްވެސް ހުރަހެއް އެބައޮތްތޯއެވެ؟ ދިވެހިރާއްޖޭގައި ކެސިނޯ އަޅަން މަނާކުރަނީ ކޮން ޤާނޫނަކުންތޯކަމަށާއި، ރާއްޖޭގައި ރިސޯޓްތަކުގައި، ސުއްނީ މުސްލިމް ގަޢުމެއްގައި ބަނގުރަލާ އޫރުމަސް ވިއްކަން ހުއްދަދިނީ ކާކުތޯ؟ ކަމަށެވެ.
ޖާބިރު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދުގެ ތެރެއިން އަދި ޤާނޫނު އަސާސީގައި އޮތީ އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ އިސްލާމީ ގަޢުމެއްކަމަށާއި އަޅުގަނޑުމެންގެ ލީޑަރޝިޕްގަ ކެސިނޯ އަޅަން ހުއްދަ ދިނުމަށް ވިސްނާފައި ނެތްކަމަށެވެ.
އަދި ރާއްޖޭގެ ފަތުރުވެރިކަން އަޅުގަނޑުމެން ކުރިޔަށް ގެންދާނީ މާތްވެގެންވާ އިސްލާމް ދީނުގެ ހުރިހާ ރުކުންތަކާ ސިފަތަކެއް ހިމާޔަތްވާ ގޮތަށްކަމަށާއި އެހެން ކަމުން ވިވަގުތު ތި ސުވާލުގެ ޖަވާބަކީ ނޫނެކޭ ކަމަށެވެ.
ރާއްޖޭގައި ކެސީނޯ އަޅަން ޖާބިރު ކުރައްވާ މަސައްކަތަށް ޓޫރިޒަމް މިނިސްޓަރ ނޫނެކޭ ވިދާޅުވުމުން، އެކަމާއި ހިތްހަމަ ނުޖެހި ކޮމެޓީތެރޭގައި އަޑުގަދަކޮށް ޒުވާބު ކުރެއްވުމަށް ފަހު ޖާބިރު ވަނީ އަމިއްލަ ފުޅަށް ކޮމެޓީ ދޫކުރައްވާ ނިކުމެ ވަޑައިގެންފައެވެ.




ހިޔާލު
އެހެން ވީޔާ އެންމެ ފުރަތަމަ ބަނޑަށް މަރުވާނީ ކަލޭ ???