މިއަދު ބޭނި "ފްލައިން ގާނެޑް" މަސް - ފޮޓޯ: ދިވެހި މަސްވެރިން

ޢާއްމުކޮށް ނުފެންނަ ހިތްގައިމު އުދުހޭ މަހެއް ރާއްޖެއިން ބާނައިފި

ޢާއްމުކޮށް ނުބޭނޭ ވައްތަރެއްގެ ހިތްގައިމު އުދުހޭ މަހެއް ރާއްޖޭގެ މަސްވެރިން ބާނައިފިއެވެ.

ދިވެހި މަސްވެރިކަން ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުންއަންނަ "ދިވެހި މަސްވެރިން" ޓްވިޓަރ އެކައުންޓުން މިއަދު ވަނީ މި ތަފާތު އާއްމުކޮށް ނުފެންނަ މަހުގެ ފޮޓޯ އާއްމުކޮށްފައެވެ.

މިއަދު ދިވެހި މަސްވެރިން ބާނާފައިވަނީ "ފްލައިން ގާނެޑް" އާއިލާ އަށް ނިސްބަތްވާ މަހެކެވެ. މި އާއިލާއަށް ނިސްބަތްވާ މަސްތަކަކީ ދޫނީގެ ފިޔަ ހުންނަ ގޮތައް ކޮތަރި ހުންނަ މަހެކެވެ.

https://twitter.com/dhimasverin/status/1149161738748645377

މިއަދު ދިވެހި މަސްވެރިން ބޭނި މި މަހުގެ ފޮޓޯ މީސްމީޑިއާގައި އާއްމުކޮށްފައިވާއިރު، އެ މަސް މަރުވުމުގެ ކުރިން މޫދަށް ދޫކޮށްލުމަށް ބައެއް ފަރާތްތަކުން ދަނީ އެދެމުންނެވެ.

އެންމެ ގިނައިން އެޓްލާންޓިކް ކަނޑުން ފެންނަ "ފްލައިން ގާނެޑް" އާއިލާގެ މަސްތަކަކަކީ ކަނޑުގެ ހޫނު ސަރަހައްދުތަކުގައި އުޅޭ ބާވަތެކެވެ. މި މަސް 20 އިންޗިއަށް ބޮޑުވާކަމަށް ރެކޯޑްތަކުން ދައްކާއިރު، އެންމެ ބަރު މިބާވަތުގެ މަހުގައި ހުންނާނެކަމަށް ލަފާކުރަނީ 1.8 ކިލޯއެވެ.

މި ފަހަކަށް އައިސް ރާއްޖެ ސަރަހައްދުން ތަފާތު ބާވަތްތަކުގެ މަސްތައް ފެންނަ ނިސްބަތް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މޯޖޯ

    މީހަކު އަޅެ އަޖައިބެއް ނުވާނެ. ކޮންމެ އެއްޗަކަސް ލިޔެވެނިކޮށް އޯކޭ ވާނެ މިމީހުންނަށް. މި ލިޔުން ކުއްޖަކަށް ބުނެލަން އޮތީ ކުޑަކޮށް ރިސާރޗް ކޮއްލާށޭ. ގޫގުލްގަ މިހާރު ފޮޓޯ ވެސް ސާޗް ކުރެވެޔޭ.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ