ދިވެހިރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށްދާ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމުމަކާ ކައިރިވެއްޖެއެވެ.
ވެލާނާ އެއާޕޯޓް ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ވިދާޅުވީ، އާ ސީޕްލޭން ޓާމިނަލްގެ ސްޓްރަކްޗަރގެ މަސައްކަތާއި، ޒަމާނީ ސިޑިތައް އިންސްޓޯލް ކުރުމުގެ މަސައްކަތް މުޅިން ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ އިމާރާތުގެ މޫނުމަތީގައި ހަރުކުރަންޖެހޭ ތަކެތި ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.
ދެ ސީޕްލޭން ޑޮކް އިންސްޓޯލްކޮށް ނިމިފައިވާ ކަމަށާއި، އާ އިމާރާތުގެ ކަރަންޓް ވައިރިންގ އަދި ފެންވައިރިންގ ގެ އިތުރުން އެއަރކޮންޑިޝަނިންގ ގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް އެމްއޭސީއެލް އިން ވިދާޅުވިއެވެ.
New Seaplane Terminal updates @VelanaAirport
— MACL (@MACLmedia) July 10, 2019
-Total building structure completed.
-Installation of facades in progress and escalators installed.
-Air conditioning, electrical and plumbing works underway.
-Two seaplane floating docks installed.#VIAdevelopment pic.twitter.com/idT4N9PKDf
40 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރާ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ފަށާފައިވަނީ، މިދިޔަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހު އެވެ.
އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިންމާ، ހުޅުވަން ތާވަލް ކޮށްފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުއެވެ.



