އަޙްމަދު ނިހާން ހުސައިން މަނިކު - ފޮޓޯ: ވަގުތު

މަޖިލީހުގެ ހާޒިރީބަލަން ސެލްފީ ނެގީމަ ތަފާތުވަނެ - ނިހާން

ރައްޔިތުންގެ މަޖިލޙުގެ ހާޒިރީބަލަން ސެލްފީއެއް ނެގީމަ ތަފާތުވާނެކަމަށް ކުރީގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އަޙްމަދު ނީހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

އިދިކޮޅުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ނިހާން މިހެން ވިދާޅުވެފައިވަނީ "އިންޑިއާގެ ސްޓޭޓްއެއްގައި ޓީޗަރުންގެ ހާޒިރީ ބަލަން ސެލްފީ ނަގާގޮތަށް ހަމަޖެއްސި" ޚަބަރެއް ޝެއަކުރައްވާ މިއަދު ކުރެއްވި ޓްވީޓްއެއްގައެވެ.

ނިހާންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ހެނދުނު 9:00 ގައި ކޮންމެ މެންބަރަކުވެސް ތަޅުމުގައި ހުރެ ސެލްފީއެއް ނަގާގޮތަށް، 19 ވަނަ މަޖިލީހުގެ ޤަވާއިދަށް މި އިސްލާހު ގެނެވިއްޖެނަމަ ތަފާތުވަނެކަމަށެވެ.

ނިހާއަކީ 2009 އިން ފެށިގެން 2019 އަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތެކެވެ. ނަމަވެސް މިއަހަރުގެ މަޖިލިސް އިންތިޚާބުގައި ނިހާނަށްވަނީ ނާކާމިޔާބީއާއި ކުރިމަތިވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ