ޖަމިއްޔަތުއް ސަލަފަކީ ކޮންމެ ސަރުކާރެއް އޮތަސް ޙައްޤުބަސް ބުނާ ޖަމާޢަތެއްކަމުގައި ކުރީގެ މަޖިލިސް މެންބަރު އަޙްމަދު ނިހާނު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ.
ނިހާން މިހެން ވިދާޅުވެފައި މިވަނީ ސަލަފް ޖަމިއްޔާ އުވާލުމަށް މަޖިލިސް ތެރޭގައި މަސައްކަތްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ. ސަލަފް ގެ ދިފާޢުގައި ގިނަ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ބަސް ބުނެފައިވާއިރު ގިނަ ދީނީ ޢިލްމުވެރިންނާއި އާންމުން ދަނީ ސަލަފް ޖަމިއްޔާގެ ދިފާޢުގައި އަޑު އުފުލަމުންނެވެ.
ކުރީ ސަރުކާރުގައި ކޮށްފައި ހުރި ބައެއް ގޯސް ކަންކަމަށް ސަލަފް ޖަމިއްޔާއިން ބަސް ބުނެފައިވާ ދެ ޚަބަރުގެ ފޮޓޯއަކާއެކު ނިހާން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސަލަފް އަކީ ކޮންމެ ސަރުކާރެއް އޮތަސް ދީނާ ޤައުމުގެ ހައްގުގަ ބުނަން ޖެހޭ ބަސް ބުނަމުން އައި ދިވެހި ޤައުމުގެ ސުންނަތުގެ މަންހަޖުގެ ސީދާ މަގުގައި ކުރިއަށް ދިއުމަށް ވައުޟާއި ނަސޭހަތް ދޭ ހެޔޮލަފާ ޖަމާޢަތެއްކަމަށެވެ. އަދި ސަލަފު އުވާލާވާހަކަ ދައްކަނީ ސެކިއުލަރިޒަމް އަށް ތާއީދުކުރާމީހުން ކަމަށްވެސް ނިހާން ވަނީ ވިދާޅުވެފައެވެ.
މަރު ކޮމިޝަނުން ނެރެފައިވާ ޑރ. އަފްރާޝީމް ޢަލީގެ މަރުގެ ރިޕޯޓާއި ގުޅިގެން ސަލަފް ޖަމިއްޔާއަށާއި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދުއަށްވެސް ވަނީ ތުހުމަތުގެ އިނގިލި ދިއްކުރެވިފައެވެ. އަދި ސަލަފް އުވާލައި ޝަހީމްއަށްވެސް ފިޔަވަޅު އެޅުމަށް މަޖިލިސް ތެރެއިން ދަނީ މަސައްކަތް ކުރަމުންނެވެ.
ހިޔާލު
ކޮބާ މިހާރު ތަގަޅަށް އެއްޗެއް އޮޅުން ފިލާތަ ނިހާނޫ