ކުރީގެ އެމްއެންޑީއެފް ފަޔަރ ސްޓޭޝަނުން ދުންއަރާތީ ސިފައިން ހަރަކާތްތެރިވަނީ

ކުރީގެ އެމްއެންޑީއެފް ފަޔަރ ސްޓޭޝަނުން ދުންއަރާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ދާދި ދެންމެއަކު ވިދާޅުވީ، ހެންވޭރު ޕެޓްރޯލް ޝެޑް ކައިރީ ހުންނަ ކުރީގެ އެމްއެންޑީއެފް ފަޔަރ ސްޓޭޝަނުން ދުންއަރާ ކަމުގެ ރިޕޯޓް ލިބިގެން އެމްއެންޑީއެފް ފަޔަރ ޓީމުން ހަރަކާތްތެރިވާން ފަށައިފައި ވާކަމަށެވެ.

މިހާތަނަށް ބެލިބެލުމުން އެތަނުން އަލިފާނުގެ އަސަރު ފެނިފައި ނުވާކަމަށާއި އަދި އިތުރަށް ބަލަމުން ދާކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ފަހުން އެމްއެންޑީއެފް އިން ބުނެފައިވަނީ އެސަރަހައްދުން އެރި ދުމަކީ މަދިރިއަށް ފޮގު ކުރުމުން އެރި ދުމެއް ކަމަށެވެ. މިދުވަސްވަރަކީ މަދިރީގެ ސަބަބުން ޖެހޭ އެކިއެކި ނުރައްކާތެރި ބަލިތައް އާންމުވެފައިވާ ދުވަސްކޮޅެކެވެ. މިހެންކަމުން މަދިރި ނައްތާލުމަށްޓަކައި މާލެއާއި ރާއްޖޭގެ އެހެނިހެން ރައްތަކުގައިދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ