ހެންވޭރު ގެއަކުން ވައްކަން ކޮށްގެން އައިސް ބާޒާރުމަތީގައި ވައްކަން ކުރަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ދާދި ދެންމެ ވިދާޅުވީ، މަސްމާރުކޭޓް ސަރަހައްދުގައި ހުރި ފިހާރައަކުން ތިންކޭސް ނޫޑުލްސް ވަގަށް ނަގައިގެން، ނޯތް ހާބަރު ފަޅުތެރޭގައި އަޅާފައި އޮތް ބޯޓަކަށް އެތަކެތި އަރުވަން އުޅުކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
37 އަހަރުގެ އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލާ ފާސްކުރިއިރު، ލައިގެން ހުރި ޖީންސްގެ ޖީބުން ދެ ފޯނާއި، ވޮލެޓަކާއި ލަގެޖް ކައްޓާއެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އިތުރަށް ފުލުހުން ބެލިއިރު އެތަކެއްޗަކީ މިރޭ 06:00 ހާއިރު ހެންވޭރު ގެއަކުން ވަގަށް ނަގާފައިވާ ތަކެތިކަން އެނގިފައިވާ ކަމަށެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.




