"ބަވަތި"ގެ އޮފިޝަލް ޓްރެއިލާ ބަލައިފިންތަ؟

މުޅިން އަލަށް ފީޗާ ފިލްމެއް ޑައިރެކްޓްކުރާ އިލްޔާސް ވަހީދުގެ ފުރަތަމަ ފިލްމު "ބަވަތި" ގެ ފުރިހަމަ ޓްރެއިލާއެއް ބެލުންތެރިންނަށް ދައްކާލައިފިއެވެ.

މީގެ ކުޑަދުވަސްކޮޅެށް ކުރިން ދައްކާލައިފައިވާ "ބަވަތި" ޓީޒާ ތަކުން ފެނިގެންދާ ފިލްމްގެ ޝައުގުވެރި އަދި ތަފާތު މަންޒަރުތަކުން ފިލްމްގެ ފުރިހަމަ ޓްރެއިލާއަކަށް ބެލުންތެރިން ދިޔައީ އިންތިޒާރުކުރަމުންނެވެ،

"ބަވަތި" ގެ އޮފިޝަލް ޓްރެއިލާ އިއްޔެ ދައްކާލައިފައިވާއިރު ޓްރެއިލާއިން ވަރަށް ތަފާތު އަދި ބިރުވެރި މަންޒަރުތަކެއްވެސް ފެނިގެންދެއެވެ. ނަމަވެސް މި ފިލްމަކީ، ބިރުވެރި ފިލްމެއް ނޫންކަން ފިލްމްގެ ޑައިރެކްޓަރު ފާހަގަކޮށްފައިވާއިރު، މި ފިލްމްގެ ވާހަކަ ބިނާވެފައިވަނީ، ޒުވާން ދެމަފިރިއެއްގެ ދިރިއުޅުމުގައި ދިމާވާ އާދަޔާ ޚިލާފު ކަންތައްތަކެއްގެ މައްޗަށެވެ.

“ބަވަތި”މި ފިލްމުގައި ލީޑުން ފެނިގެންދާނީ، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި ފިލްމީ ދާއިރާއަށް މުޅިން އައު ފަންނާނެއްކަމަށްވާ އިފްނާޒް ފިރާގެވެ.

"އިބޫ މިރަށަށް އައުމުގެ ކުރިންވެސް އަހަންނަކީ މިރަށަށް ބަދުނާމުވެފަ ހުރި މީހެއް! އަހަރެން މަންމައާއި ހެދި.." ނުޒޫގެ މި ބަސްކޮޅުން ޓްރެއިލާ ފެށިގެންދާއިރު، ދެން ފެންނަނީ ނުޒޫ އާއި އިފުނާޒު ދިމާވެ، އިފްނާޒް ނުޒޫގެ ކައިވެންޏަށް އެދި، ނުޒޫ އުފަލުގައި ބަހައްޓައިދޭނެ ކަމުގެ ޔަޤީންކަން ދީ ވައުދު ވާ މަންޒަރެވެ.

ޓްރެއިލާގެ ތެރެއިން ނުކުޅެދޭ ފިރިހެނަކު ފުރޮޅުލީ ގޮނޑިއެއްގައި ހުންނަ މަންޒަރު ފެންނައިރު، ދެން ފެނިގެންދަނީ ނުޒޫ އާއި އިފުނާޒު ކައިވެނިކޮށް މާލެ ބަދަލުވުމާއެކު އެ ދެމެފިރިންނަށް ދިމާވާ ސުވާލުން ފުރިގެންވާ ހާދިސާތަކެކެވެ.

"އިބޫ އަހަރެން އެއް ބިރުވެރިކަމުގެ ތެރެއިން ނެރެގެން ގެނެސް އަނެއް ބިރުވެރިކަމުގެ ތެރެއަށް ތި ގެނައީ.." ޓްރެއިލާގެ މެދުތެރެއިން ނުޒޫ ގެ މިހެންބުނާއިރު، ރޫޙާނީ ކަންތައްތަކެއްވެސް ޓްރެއިލާއިން ފެނިގެންދެއެވެ.

"ބަވަތި" ގެ ޓްރެއިލާ މިފަހަރުވެސް ބަލާލުމުން ފިލްމަކީ، ތަފާތު ފިލްމަކަށް ވާނެކަމަށް ބެލެވޭއިރު، ފިލްމަށް ކުރެވޭ އުއްމީދު ވަރަށް ބޮޑެވެ.

ބަވަތި" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ، ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ. ލީޑު ބަތަލާ ނުޒޫ ގެ އިތުރުން، ދެން މި ފިލްމުން ފެނިގެންދާނީ މުޅިންވެސް އާ ފަންނާނުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ