"ޖުމާންޖީ"ގެ އާ ބައެއް މިއަހަރުގެ ޑިސެމްބަރުގައި

2018 ވަނަ އަހަރު ސޮނީ ފިކްޗާސް އިން ގެނެސްދިން އެކްޝަން އެޑްވެންޗާ ކޮމެޑީ ފިލްމް "ޖުމާންޖީ: ވެލްކަމް ޓު ދަ ޖަންގަލް" ގެ ސީކުއަލް "ޖުމާންޖީ: ދަ ނެކްސްޓް ލެވަލް" މިއަހަރުގެ ޑިސެމްބަރު މަހުގެ ކްރިސްމަސް ތެރޭގައި ރިލީޒްކުރާނެއެވެ.

"ޖުމާންޖީ: ދަ ނެކްސްޓް ލެވަލް"ގެ ޓީޒާ ޓްރެއިލާ މިދިޔަ ހަފަތާތެރޭގައި ދައްކާލައިފައިވާއިރު، މިފަހަރު ޖުމާންޖީއާއެކުވެސް އެނބުރި އަންނަނީ، ޑުވޭން ޖޯންސަން، ޖެކް ބްލެކް، ކެވިން ހާޓް، އަދި ކަރެން ގިލަން އެވެ.

މި ފިލްމަކީ "ޖުމާންޖީ" ނަކަމަކަށް ކިޔާ ވީޑިއޯ ގޭމެއްގެ ތެރެއަށް ވަދެވޭ ޒުވާންކުދިންތަކެއް އެ ގޭމްގެ އަސްލު ކެރެކްޓަރ ތަކަށް ބަދަލުވެ ގޭމްގެ ތެރެއިން ކުރިމަތިވާ ފެންޓަސީ ކަންތައްގަނޑުން ސަލާމަތްވާން ކުރާ މަސައްކަތް ފެނިގެންދާ ފިލްމެކެވެ.

"ޖުމާންޖީ: ވެލްކަމް ޓު ދަ ޖަންގަލް" ނިމިގެންދާއިރު، އެމީހުން ގޭމް އިން ސަލާމަތްވެ ގޭމް ހަލާކުކޮށްލާއިރު، ފިލްމްގެ ސީކުއަލް "ޖުމާންޖީ: ދަ ނެކްސްޓް ލެވަލް" ގެ ޓްރެއިލާއިން އަނެއްކާވެސް ގޭމް ހަދާ މަންޒަރު ފެނިގެންދެއެވެ.

މިފަހަރުގެ "ޖުމާންޖީގައި" މި ޓީމަށް ކުޅެން ޖެހޭ ގޭމް ތަފާތު ވާއިރު، މިފަހަރުގެ ގޭމް ވަނީ އެއްކޮށް ބަދަލުވެފައިކަން ޓްރެއިލާއިން ފެނިގެންދެއެވެ.

1995 ގައި ނުކުތް "ޖުމާންޖީގެ" ސީކުއަލް "ޖުމާންޖީ: ވެލްކަމް ޓު ދަ ޖަންގަލް" އަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ބޮކްސް އޮފީހުގައިވެސް ފިލްމް ވަނީ ބޮޑު ކާމިޔާބީއެއް ހޯދައިފައިއެެވެ.

"ޖުމާންޖީ: ވެލްކަމް ޓު ދަ ޖަންގަލް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ، މި އަހަރުގެ ޑިސެމްބަރުމަހުގެ 13 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ