"އެހެނަސް" ޕްރީމިއާ ކުރުން ޖުލައި 16 ގައި!

ރަވީ ފާރޫގް ޑައިރެކްޓް ކޮށްފައިވާ ވެބް ސީރީޒް “އެހެނަސް” ގެ ފުރަތަމަ 5 އެޕިސޯޑާއެކު މި މަހުގެ 16 ވަނަ ދުވަހު ސީރީޒް އޮލިމްޕަހުގައި ޕްރީމިއާ ކުރާނެއެވެ.

ސީރީޒްގެ ޓީޒާއަކާއި ފުރިހަމަ ޓްރެއިލާއެއް ބެލުންތެރިންނަށް ދައްކާލި ހިސާބުން ގިނަ ބަޔަކު މި ސީރީޒް ދައްކަންފަށާނެ ދުވަހަކަށް އިންތިޒާރުކުރަމުންއައިރު، އޮލިމްޕަހުގައި ސްކްރީން ކުރާ 5 އެޕިސޯޑްގެ ޕްރީމިއާ އިވެންޓް ގެ ޓިކްޓް މިހާރު ދަނީ ވިކެމުންނެވެ.

ބައިސްކޯފުން ސްޓްރީމްކޮށް ދައްކަން ހަމަޖެހިފައިވާ މި ސީރީޒް ބައިސްކޯފަށްވެސް ރިލީޒްކުރުމަށް ހަމަޖެހިފައވަނީ، 16 ވަނަ ދުވަހުގެ ރޭ 21:00 ގައެވެ.

ލިޔުންތެރިޔާ އަހުމަދު އިގްބާލްގެ ވާހަކަ “އެހެނަސް ހަމަ ލޯބިވެޔޭ…” އަށް ބިނާކޮށް ހަދާ ވެބް ސީރީޒް “އެހެނަސް” އަކީ، ކުޑައިރުއްސުރެ ޖިންސީ ގޯނާއާއި ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ އަދި ގަނާ ކުރުމާ ކުރިމަތިވާ، ތަބީޢަތުގައި ރަނޑު ގޮތެއް ހުންނަ ފިރިހެންކުއްޖެއްގެ ހަޔާތުގައި ދިމާވާ ތަފާތު ހާދިސާތަކެއް ކިޔައިދޭ ސީރީޒްއެކެވެ.

“އެހެނަސް” ގެ ލީޑް ކެރެކްޓަރ “ނިޔާޒް” ގެ ރޯލުން ފެނިގެން ދަނީ މުހައްމަދު ވިޝާލް އެވެ. އަދި އިތުރު މުހިންމު ރޯލުތަކުން ޝަރާ، ޝަމާނާ، މަސީހް، ޝާރިފް، ޝިލްނާ ނަދީހް، މަރިޔަމް ވަހީދާ، ޔާމިން އަދި އުސާމް ފެނިގެންދެ އެވެ. މީގެ އިތުރުން މިވަގުތު ދާއިރާގައި ހަރަކާތްތެރިވާ ތަރިންގެ ތެރެއިން ޝީލާ ނަޖީބް، މުހައްމަދު މަނިކް އަދި އަހްމަދު ޔުނާން މި ސީރީޒްއިން ފެނިގެންދާނެއެވެ.

“އެހެނަސް” ގެ ފުރަތަމަ ސީޒަން ޖުމްލަ 10 އެޕިސޯޑަކަށް ބަހާލައިގެން ގެނެސްދޭން ހަމަޖެހިފައިވާއިރު، މިއިން ކޮންމެ އެޕިސޯޑެއްގެ ދިގުމިނަކީ 30 މިނެޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ