"ނޯޓްބުކް": އަދިވެސް ހަމަ އެންމެ ރޮމޭންޓިކް ފިލްމް!

ހޮލީވުޑްގެ ރޮމޭންޓިކް ފިލްމް ތަކުގެ ތެރެއިން ބެލި އެންމް އަަސަރުގަދަ ފިލްމަކީ ކޮބައިތޯ މީހަކު ގާތު ސުވާލުކޮށްފިނަމަ ދޭނެ ޖަވާބަކީ "ދަ ނޯޓްބުކް"އެވެ. މިއީ ނިކޮލަސް ސްޕާކްސް ލިޔެފައިވާ ލޯބީގެ ވާހަކަ "ދަ ނޯޓްބުކް" ގެ މައްޗަށް ބިނާކޮށް 2004 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ރޮމޭންޓިކް ފިލްމެކެވެ.

ފިލްމްގެ ރީތިކަމަކާއި ވާހަކައިގެ އަސަރުގަދަކަން މިހާރުވެސް ފިލްމް ބަލާލުމުން އިހްސާސްވާއިރު، އެންމެ ރޮމޭންޓިކް ފިލްމްތަކުގެ ލިސްޓެއް ހަދާނަމަ ގިނަ ބައެއްގެ ފޭވަރިޓް އަކަށް ވާނީ "ނޯޓްބުކް" ކަން ގައިމެވެ.

މި ދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ފިލްމް ރިލީޒްކުރިތާ 15 އަހަރުވެފައިވާއިރު، މި ވާހަކައިގެ ދެ ކެރެކްޓަރ އެލީ އާއި ނޯއާ ގެ ރޯލުން ފެނިގެންގޮސްފައިވަނީ، އަދިވެސް އެ ޒުވާންކަމާއި ރީތިކަމުގައި ދެމިހުރި ރަޔާން ގޮސްލިން އާއި ރޭޗަލް މެކްއަޑަމްސްއެވެ.

ފިލްމްގެ ވާހަކަ ފެށިގެން އަންނަނީ، މުއްސަނދި އާއިލާއެއްގައި ހުރި އަންހެން ކުއްޖެއްކަމުގައިވާ އެލީ، ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ ނޯއާ އާއި ދިމާވާ ހިސާބުންނެވެ. ނަމަވެސް އެލީގެ އާއިލާ އެ ދެމީހުންގެ ގުޅުމަށް ނުފޫޒު ފޯރުވާ ދެމީހުން ވަކިވާންޖެހެއެވެ.

ނޯއާ އާއި އެލީއާއި ވަކިވާ ހިސާބުން، ނޯއާ އެލީއަށް 365 ސިޓީ ފޮނުވައެވެ. ނަމަވެސް އެލީގެ މަންމަގެ މަކަރުން އެއްވެސް ސިޓީއަށް އެލީއާއި ހިސާބަކަށް ނުފޯރައެވެ.

7 އަހަރު ފަހުން ދެމީހުން އަނެއްކާވެސް ބައްދަލުވެއެވެ. ނަމަވެސް އެވަގުތު އެލީ ވަނީ އެހެން މީހަކާ ކައިވެނިކުރުމަށް އެންގޭޖްވެފައެވެ. އަދި ނޯއާ އަކީ އޭރު ހަނގުރާމަވެރިއެެކެވެ. ނަމަވެސް އަނެއްކާވެސް ދެމީހުން ދިމާވާ ހިސާބުން ދެމީހުންގެ ލޯބި އަލުން އުފަންވެ ދެމީހުން ގުޅެއެވެ.

ނޯއާ އަދި އެލީގެ ލޯބީގެ ވާހަކައަށް ނިމުން އަންނަނީ، އެލީ އަށް ހަނދާން ނެތޭ ބަލި ޖެހި ދެމީހުންގެ ދިރިއުޅުން ނާރސިން ހޯމްއަކަށް ބަދަލުވާ ހިސާބުންނެވެ. އެލީއަށް ނޯއާ އަކީ ކާކުކަމެއް ނޭނގުނުނަމަވެސް އެލީއަށް ޓަކައި ނޯއާ އޭނަގެ ހަޔާތުގެ ދުވަސަތައް އެލީ ކައިރީ މަޑުކުރެއެވެ.

އަދި ދެމީހުންގެ ލޯބީގެ ވާހަކަތަކާއި އެކުގައި ހޭދަކުރި ދުވަސްތައް އެލީއަށް ހަނދާންކޮށްދެއެވެ، ފިލްމް ނިމިގެންދަނީ އެއް ދާނެއްގައި ނިދީގައި ދެމީހުން މަރުވާ ހިސާބުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ