މާފައްނުގައި ހުންނަ އިމާރާތެއްގެ ބެލްކަނީއިން ބައެއް ވެއްޓިއްޖެ އެވެ.
ފުލުހުން ބުނީ ރޭ ދަންވަރު 00:50 އެހާކަންހާއިރު މާފަންނުގެ އިމާރާތެއްގެ ބެލްކަނީއިން ބައެއް މަގުމައްޗަށް ވެއްޓިގެން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
ރޭގެ ހާދިސާގައި މަގުމައްޗަށް ވެއްޓިފައި ވަނީ ބެލްކަނީގެ ތިރީގެ ކޮންކްރީޓް ގަނޑުކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ހާދިސާ ހިނގި ސަރަހައްދަށް ގޮސް އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބެލްކަނީ ވެއްޓުނު މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އެ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މާލޭގައި މިދިޔަ މަހުގެ 26 ވަނަ ދުވަހުވެސް ވަނީ ގެއެއްގެ ބެލްކަނި ވެއްޓި ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ.
މާލޭގައި އިމާރާތްތަކުގައި މިފަދަ ހިތާމަވެރި ހާދިސާތައް ހިނގަމުންދާތީ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ން ވަނީ މާލޭގައި ހުރި ގިނަ ދުވަސްވީ އިމާރާތްތަކުގެ އިންސްޕެކްޝަނެއް ހެދުމަށް ސަރުކާރަށް ގޮވާލާފަ އެވެ.




