ވަގަށް ނަގާފައިވާ ސާމާނުތަކެއް ވިއްކަން އުޅުނު މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ ސަމާނުތަކެއް ވިއްކަން އުޅުނު މީހަކު ވިލިމާލެއިން ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ވަގަށް ނަގާފައިވާ ސަމާނުތަކެއް ވިއްކަން އުޅުނުކަމުހެ ތުހުމަތުގައި 2019 ޖުލައި 14 ވިލޭރޭ ދަންވަރު 02:00 ހާއިރު 29 އަހަރުގެ ދިވެހި ފިރިހެނެއް ވިލިމާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ވަގަށް ނަގާފައިވާ ސާމާނުތައް ފެނުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލާ ފާސްކުރިއިރު، އޭނާ ގެންގުޅުނު ދަބަހެއްގެ ތެރެއިން ކަމަށް ފުލުހުން ވިދާޅުވިއެވެ.

"އިތުރަށް އެތަކެއްޗާބެހޭ މަޢުލޫމާތު ސާފުކުރުމުން އެއީ މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދިޔަ އިމާރާތެއްގައި ބޭނުންކުރާ ސާމާނުތަކެއްކަން ފުލުހުންގެ ތަޙްޤީޤުން އެނގިފައިވޭ." ފުލުހުން ވިދާޅުވިއެވެ.

އެ ސާމާނުތައް އޭގެ ވެރިފަރާތާ ފުލުހުން ހަވާލުކޮށްފައިވާއިރު، މި މައްސަލަ ވިލިމާލެ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ