"މާމުއި" ގެއްލެނީ، ދެން އޮތީ ވަދާޢީ ދެ ޝޯ!

ޑާކްރެއިން އެންޓެޓެއިންމެންޓްގެ މިއަހަރުގެ ބޮޑު ފިލްމް "މާމުއި"ގެ ކާމިޔާބު ޝޯތަކަކަށްފަހު ފިލްމްގެ އެންމެ ފަހު ދެ ޝޯ އަޅުވާނެ ތާރީޙް ހާމަކޮށްފިއެވެ.

"މާމުއި"ގެ ވަދާޢީ ދެ ޝޯ މިމަހުގެ 18 އަދި 19 ވަނަ ދުވަހު އެޅުވުމަށް ނިއްމާފައިވާއިރު، ފިލްމަށް އާއްމުންގެ ފަރާތުން ބޮޑު ތަރުޙީބެއް އަންނަނީ ލިބެމުންނެވެ.

އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ކޮމެޑީ ފިލްމް “މާމުއި” އަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުންއަންނައިރު، ފިލްމްގެ ގިނަ ޝޯތަކެއް މިހާތަނަށް ވަނީ ހައުސްފުލްކޮށް ދައްކާފައެވެ.

ފިލްމްގެ ޝޯތައް އަތޮޅުތެރޭގައިވެސް އަޅުވަމުންއަންއިރު، ގިނަ ބަޔަކު ފާހަގަކުރާގޮތުގައި މި ފިލްމަކީ މިހާތަނަށް ދިވެހި ފިލްމީ އިންޑަސްޓްރީން އުފެއްދި އެންމެ މަޖާ ކޮމެޑީ ފިލްމެވެ.

ބޮޑު ކާސްޓަކާއެކު ގެނެސްދީފައިވާ މި ފިލްމްގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ، އިސްމާއިލް ޖުމެއިހް (ޖުމާ)، މަރިޔަމް އައްޒަ، ޖުމައްޔިލް ނިމާލް (ޖުމަލް)، މަރިޔަމް މަޖުދާ (މަޖޫ)، ޝީލާ ނަޖީބު، ހަމްދާން ފާރޫގް، އިބްރާހިމް އަމާން ހުސެއިން، އަލީ ޝަލްލީލް، އަހްމަދު ސުނީ އަދި އައިޝަތު ޔާދާ، މާރިއާ ތްރޭސާ، އައިމިނަތު ނޫރާ، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، މަރިޔަމް މަޖުދާ (މަޖޫ)، ނުޒުހަތު ޝުއެއިބު، މުހައްމަދު ފައިސަލް، އަބުދުﷲ ޝާފިއު (ފުބޫ)، އަދި އާދަމް އާދަމް ރިޒްވީ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ