ބާސާގެ ހުށަހެޅުމެއް ނެތް، ނޭމާ ޕީއެސްޖީ ޓްރެއިނިންގއަށް ނުކުމެއްޖެ

މީޑިއާތަކުގެ މިފަހަކަށް އައިސް އެންމެ ގަދައަށް ދެކެވެމުންއައި އެއް ވާހަކައަކީ ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ބާސެލޯނާއަށް ގެންނަން އެކްލަބުން މަސައްކަތް ކުރަމުންދާ ވާހަކައެވެ.

އަދި ނޭމާވެސް ޕީއެސްޖީ ދޫކޮށް އެނބުރި ބާސެލޯނާއަށް ދާން ބޭނުންވާކަމަށްވަނީ ބުނެފައެވެ. އެގޮތުން މީގެ ކުރިން ޕީއެސްޖީއިން ޓްރެއިނިންގއަށް ނުކުންނަން އެންގުމުންވެސް ނޭމާވަނީ ޓްރެއިނިންގ ނުނިކުމެ، އޭނާގެ އިންސްޓިޓިއުޓްގެ ޗެރިޓީ އިވެންޓަކަށް ގޮސްފައެވެ.

އެހެންނަމަވެސް ނޭމާ މިހާރު ޕީއެސްޖީގެ ޓްރެއިނިންގއަށް ނުކުންނަން ފައްޓައިފިކަމަށް މީޑިއާތަކުންވަނީ ރިޕޯޓްކޮށްފައެވެ. ޤަބޫލުކުރެވޭ ގޮތުގައި ބާސެލޯނާގެ ހުށަހެޅުމެއް މިޓްރާންސްފާ މާކެޓްގައި ނޭމާއަކަށް ނެތެވެ.

ނޭމާ، ބާސެލޯނާއާއި ދޭތެރޭ ކުރިން ކަންތައްކުރި ގޮތުން އޭނާ އަލުން ކްލަބަށް ގެންނަން ބާސެލޯނާގެ ލެޖެންޑުންގެ ޚިޔާލު ތަފާތެވެ.

ބާސެލޯނާއާއެކު ހުއްޓުމެއްނެތި ކާމިޔާބީތައް ހޯދަމުންއައި ނޭމާ އެތަށް ބަޔަކު ސިއްސުވާލުމަށްފަހު ދުނިޔޭގެ ރެކޯޑު އަގަކަށް ބާސެލޯނާ ދޫކޮށް ޕިއެސްޖީއަށް ބަދަލުވީ 2017 އޮގަސްޓްމަހުއެވެ. 

ނޭމާ ކްލަބުގައި މަޑުކުރުވަން ބާސެލޯނާގެ ކުޅުންތެރިންނާއި އިސްވެރިން ކުރި ހުރިހާ މަސައްކަތެއްގައި ކޮޅުފައިން ޖަހައި ނޭމާ ޕީއެސްޖީއަށް ބަދަލުވީ 222 މިލިއަން ޔޫރޯގެ ރެކޯޑް އަގަކަށެވެ.

ބާސެލޯނާއިންވަނީ އެކްލަބު ކުރި އިތުރަށް ވަރުގަދަ ކުރުމަށް ދާދިފަހުން އެންޓޮއިން ގްރިޒްމަންވެސް ގެނެސްފައެވެ. އަނެއްކޮޅުން ކުޓީނިއޯވެސް ބާސެލޯނާގައި ބަހައްޓަން ބޭނުންވާކަމަށް އެކްލަބުން ބުނެފައިވާކަމަށް އޭނާގެ އެޖެންޓް ވަރަށްފަހުންވަނީ ބުނެފައެވެ. ބެލެވޭގޮތުގައި ކުރިއަށް ސީޒަން ބާސެލޯނާއިން ޓެސްޓު ކުރާނީ މިހާރުހުރި ކުޅުންތެރިންނާއެކުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ