ފޮޓޯ އާއްމުކޮށް ފުލުހުން ލަންދޫ މީހަކު ހޯދަނީ

ކޮޅުމަޑުލު ތިމަރަފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން މި މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މި އަމުރާ ގުޅިގެން ހޯދަމުންދަނީ ނ.ލަންދޫ، ލަކީ، ޙުސައިން ޢުމަރު (41އ) ކަމަށެވެ.

ޙުސައިން ޢުމަރު ހޯދަމުންދަނީ ކޮޅުމަޑުލު ތިމަަފުށި މެޖިސްޓްރޭޓް ކޯޓުގައި ބަލަމުންދާ ޙުކުމް ތަންފީޛުކުުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ،  ބަންދުގައި ބަހައްޓައިގެން ޖުލައި 25 ވަނަ ދުވަހުގެ 13:00 އަށް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

ވީމާ ޙުސައިން ޢުމަރާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިލައްވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ