މޫސުން ގޯސް ވުމުގެ ސަބަބުން މަސްވެރިކަމުގެ ސިޔާސަތު އިފްތިތާހު ކުރުމަށް ބާއްވާ ޖަލްސާ ފަސްކޮށްފިއެވެ.
ދިވެހި ކަނޑުފަޅުގެ ނަފާ ދިވެހިންނަށް ހޯދައިދިނުމަށްޓަކައި "ނަފަވާ މަސްކަނޑު" ގެ ނަމުގައި މަސްވެރިކަމުގެ ސިޔާސަތު އިފްތިތާހު ކުރުމަށް ބާއްވާ ޚާއްސަ ޙަފްލާ، މިރޭ 21:00 ގައި މުލަކު އަތޮޅު ދިއްގަރުގައި ބޭއްވުމަށް ކުރިން އޮތީ ހަމަޖައްސާފައެވެ.
ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން މި ޙަފްލާ ވަނީ ކެންސަލް ކުރައްވާފައެވެ. މި ޙަފްލާގައި ސަރުކާރުން އެކުލަވާލާފައިވާ މަސްވެރިކަމުގެ ސިޔާސަތު ރައީސުލްޖުމްހޫރިއްޔާ ރައީސުލް ޖުމްހޫރިއްޔާ އިފްތިތާޙް ކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވި ގޮތުގައި މި ޖަލްސާ ވަނީ ފަހުގެ ތާރީޚަކަށް ބަދަލުކުރެވިފައި ކަމަށާއި، މި ރަސްމިއްޔާތު އަލުން ބޭއްވޭނެ ތާރީޚް ވީހާވެސް އަވަހަކަށް އިޢުލާންކުރާނެ ކަމަށެވެ.