މާލޭ މަސައްކަތު ސައިޓެއްގައި ޖަހާފައިހުރި ދަގަނޑެއް ވަޔާ ވެއްޓި، މީހެއްގެ ބޮލުގައި ޖެހި އެމީހާގެ ބޯ ފަޅައިގެން ގޮސްފިއެވެ.
ފުލުހުން ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ މާލޭ، ހެންވޭރުގައި މަގު ބަންދުކޮށްގެން އިމާރާތްކުރަމުންދިޔަ ސައިޓެއްގެ ސޭފްޓީއަށް ޖަހާފައިހުރި ގަދަނޑެއް ވަޔާ ވެއްޓިގެން ކަމަށެވެ.
ބޯފަޅައިގެން ގޮސްފައިވަނީ އެވަގުތު އެމަގުގެ ނުބައި ލޭނަކުން ދަތުރުކުރި ސައިކަލެއްގެ ފަހަތުގައި އިން މީހެއްގެ ބޮލުގައި ވެއްޓުނު ދަގަނޑުން ޖެހިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ މެންދަމު 00:10 ހާއިރު ކަމަށާއި، އަނިޔާވި މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި ހާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށެވެ.



