ސަލާމަތީ ވަޞީލަތްތައް ހަމަކުރުމަށްފަހު ނޫނީ ކަނޑުދަތުރު ނުކުރައްވާ - ޕޮލިސް

ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެގެން ދަތުރުކުރެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކުރައްވައިފިއެވެ.

ޕޮލިހުން މިހެން ވިދާޅުވެ ޓްވީޓެއް ކުރައްވާފައިވާއިރު، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދަތުރުފަތުރު ކުރައްވާ ބޭފުޅުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް އެޓްވީޓްގައި ޕޮލިހުންވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން ކަނޑުދަތުރުކުރާ އުޅަނދު ފަހަރުގައި ލައިފްޖެކެޓްފަދަ ސަލާމަތީ ހަމަކުރުމަށްފަހު މެނުވީ ދަތުރު ނުކުރެއްވުމަށްވެސް އެފަރާތުންވަނީ އިލްތިމާސްކުރައްވާފައެވެ.

ހުޅަނގު މޫސުމުގެ ގަދަ ވިއްސާރަ މިހާރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކުރަމުންދާއިރު، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ މޫސުން އަދިވެސް ގޯސް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ދެންމެވަނީ ހާމަކޮއްފިއެވެ.

އަދި ވިއްސާރަ ވިލާގަނޑުގައި ގަނޑިއަކު 45 މޭލައް ވައިގަދަވާނެ ކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ލަފާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ