"ތޯ" ގެ 4 ވަނަބައި ގެނެސްދެނީ!

މާވެލް ގެ މަޝްހޫރު ސުޕަހީރޯ ފިލްމް "ތޯ" ގެ ހަތަރު ވަނަ ބައި ގެނެސްދިނުމުގެ މަސައްކަތް މާވެލްއިން ފަށައިފިއެވެ.

މާވެލް އިން "ތޯ 4" ގެނެސްދިނުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާކަން ކަށަވަރުކޮށްދީފައިވާއިރު، މިފަހަރުގެ ފިލްމްގެ ބައި ގެނެސްދޭނީ، 2017 ވަނަ އަހަރު ނުކުތް "ތޯ" ގެ ތިން ވަނަ ބައި، "ތޯ: ރެގްނަރޮކް" ޑައިރެކްޓް ކޮށްދިން "ޓެއިކާ ވައިޓިޓި" އެވެ.

ތޯ ގެ ހަތަރު ވަނަ ފިލްމް ޑައިރެކްޓް ކުރުމުގެ އިތުރުން މިފަހަރުގެ ފިލްމްގެ ވާހަކަވެސް ލިޔުމަށްވެސް ހަމަޖެހިފައިވަނީ، ޓެއިކާކަމަށް ހޮލީވުޑްގެ ހަބަރުތައް ބުނެއެވެ.

"ތޯ" ގެ ޓައިޓަލް ރޯލު "ގޯޑު އޮފް ތަންޑާ"އިން މިފަހަރުވެސް  ކްރިސް ހެމްސްވޯތު ފެނިގެންދާނެ ކަމަށް ބެލެވޭއިރު، މި ފިލްމާއި ބެހޭ އިތުރު އެއްވެސް މައުލޫމާތެއް މާވެލްއިން ހާމަކޮށްފައެއްނުވެއެވެ.

މާވެލް ޔުނިވާސް ގެ ސުޕަހިރޯ ފިލްމް "އެވެންޖާސް އެންޑް ގޭމް" ގެ ނިމިގެންދިޔައިރު، މި ފިލްމްގެ ސުޕަހީރޯ "ތޯ" ފެނިގެންދަނީ، "ގާޑިއަން އޮފް ދި ގެލެކްޒީ" ޓީމާއި ގުޅިގެން ގެލެކްސީއަށް ދާތަނުންނެވެ. އަދި އަސްގާޑިއަންސް ގެ ވެރިކަން ހަވާލުކުރަނީ، ވޮލްކައިރީއާއެވެ.

އެހެންކަމުން މިފަހަރުގެ މި ފިލްމްގެ ވާހަކަ އެންޑްގޭމްގެ ނިއްމުމާއި ގުޅިގެން ކުރިއަށް ގެންދެވޭ ބައިވަރު ގޮތްތައް ޑައިރެކްޓާ ޓެއިކީ އަށް އޮތްއިރު، މިފަހަރުގެ ސްޓޯރީ ޕްލޮޓް އާމެދު މާވެލް އިން އެއްވެސް މައުލޫމާތެއް ދީފައެއްނުވެއެވެ.

"ތޯ 4" ރިލީޒްކުރާނެ ތާރީހު ވެސް އަދި އިއުލާން ނުކުރާއިރު، މިފަހަރުގެ ތޯ ގެ މި ބަޔަށް ފޭނުން ކުރާ އުއްމީދުވަރަށް ބޮޑުވާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ