ޕޯސްޓް އޮފީސް ފަޅާލި މީހާ ހައްޔަރުކޮށްފި

ރޭގެ ވަގުތެއްގައި ގދ.ތިނަދޫގެ ޕޯސްޓް އޮފީސް ފަޅާލައި، އެތާގައި ހުރި ގިނަ އަދަދެއްގެ ޕާރުސަލުތައް ކަނޑާ އޭގެން ވައްކަންކުރި މީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ، 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ، ތިނަދޫ ޕޮލިސް ސްޓޭޝަންއަށް މި މިއްސަލަ ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 8:00 ހާއިރުކަމަށެވެ. އަދި ޕޯސްޓް އޮފީސް ފަޅާލިކަމަށް ތުހުމަތު ކުރެވޭ މީހާ ދިރިއުޅޭ ގެ ބަލާ ފާސްކޮށްފައިވަނީ 10:20 ހާއިރުކަމަށެވެ.

މި މީހާގެ ގެ ބަލާ ފާސްކުރުމުގެ ތެރޭގައި ތިނަދޫގެ ޕޯސްޓް އޮފީހުންނާއި އަދި ޕޯސްޓް އޮފީސްކައިރީ ހުރި ގެއަކުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މިއްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ