މި މަހުގެ 8 އިން ފެށިގެން މިހާތަނަށް 34 ސައިކަލް ގެއްލިގެން ހުށައަޅައިފި

ރާއްޖޭގެ އެކި ހިސާބުތަކުގައި ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށް ފުލުހުން ހިިންގާ ޚާއްސަ އޮޕަރޭޝަން ފެށިފަހުން 34 ސައިކަލް ގެއްލިގެން ހުށައަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި އޮޕަރޭޝަން ފުލުހުން ފަށާފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. ފުލުހުން ހާމަކުރިގޮތުގައި މި އޮޕަރޭޝަން ފެށިފަހުން 34 ސައިިކަލު ގެއްލިގެން ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އަދި އޭގެ ތެރެއިން 11 ސައިކަލް ފުލުހުން ވަނީ ހޯދާފައެވެ. އަދި ސައިކަލްގެ ވެރިފަރާތުން ކުރި މަސައްކަތުން 12 ސައިކަލެއް ވަނީ ހޯދާފައެވެ. އަދި މިއޮޕަރޭޝަންގެ ކުރިން ގެއްލިގެން ހުށަހަޅާފައިވާ 9 ސައިކަލެއް ވެސް ފުލުހުންވަނީ ހޯދާފައެވެ.

މިއޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ފުލުހުންގެ ތަޙުޤީޤަށް މިމީހުންގެ ފަރާތުން އެއްބާރުލުން ލިބެމުންދާކަމުގައި ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މުދަލުގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި ކުށްކުރުން މަދުކުރުމަށް ފުލުހުން ކުރަމުންދާ މަަސައްކަތްތަކުގެ ތެރެއިން ފެށި މިއޮޕަރޭޝަންގެ ތެރެއިން ރައްޔިތުންގެ މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ވައްކަންކުރާ ފަރާތްތަކަށް ފުރުސަތު ކުޑަކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސައިކަލު ވަގަށް ނެގުން ހުއްޓުވުމާއި ސައިކަލުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސައިކަލުގެ ވެރިފަރާތުން ނުވަތަ އެސައިކަލެއް ދުއްވާ ފަރާތަކުން ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. އެގޮތުން  ސައިކަލު ޕާކުކޮށްފައި ބަހައްޓާއިރު ހުންގާނު ލޮކްކޮށް އަދި އެއާއެކު ޝަޓަރ ލޮކް ކޮށްފައި ބެހެއްޓުމާއި ސައިކަލުގައި އެލަރމް ލޮކް ހަރުކުރުމާއި އަދި ސައިކަލު ހުރި ލޮކޭޝަން އެނގޭނެހެން ޖީޕީއެސް އެއް ކަހަލަ ޑިވައިސްއެއް ހަރުކޮށްފައި ބެހެއްޓުމާއި ގޮތް ނޭނގޭ މީހުންނާ ސައިކަލު ހަވާލުނުކުރުމަށާއި އަދި ސައިކަލު ޕާކު ކުރާއިރު އެކަހެރިކޮށް ހުންނަ ތަންތަނުގައި ސައިކަލު ޕާކު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ