ހުޅުމީދޫ ގެޔަކުން ވައްކަންކުރި މީހަކު ހައްޔަރުކޮއްފި

އައްޑޫ ސިޓީ ހުޅުމީދޫ ގެޔަކުން ވައްކަންކުރި ފިރިހެނަކު ހައްޔަރު ކުރިކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީ ހުޅުމީދޫ ގެޔަކުން ވައްކަން ކޮއްފައިވާ ކަމަށްބުނެ، ހުށައަޅާފައިވާ މައްސަލައަކާއި ގުޅިގެން، ޖުލައި 17 ވަނަ ދުވަހުރޭ 11:55 ހާއިރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 31 އަހަރުގެ ފިރިހެނަކު ހައްޔަރުކޮއްފައިވާ ކަމަށެވެ.

އަދި މި އޮޕަރޭޝަނުގައި އޭނާ ވަގައްނަގާފައިވާ 13000 ރުފިޔާ ފިޔަވައި އެހެނިހެން ތަކެތި، ފުލުހުންވަނީ ހޯދައިފައެވެ. ވަގައްނަގާފައިވާ ތަކެތިތަކުގެ ތެރޭގައި 1 ރަން ފަށް، ފައިގައި އަޅާ 2 ރަން ކެވެލިކޮޅާއި، އަތުގައި އަޅާ 1 ރަން ކެވެލި ކޮޅުގެ އިތުރުން ރަން ފަށުފުލަކާއި 2 ރަން އަނގޮއްޓި ހިމެނެއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލާގައި ހައްޔަރު ކޮއްފައިވާ މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ