މޫސުން ގޯސްވުމުގެ ސަބަބުން ފުލައިޓުތައް ޑިލޭވުން އެކަށީގެންވާ ކަމަށް ގައުމީ އެއަރލައިން މޯލްޑިވިއަން އިން ބުނެފިއެވެ.
މޯލްޑިވިއަންއިން މިރޭ ކުރި ޓުވީޓެއްގައި މިހެން ބުނެފައިވާއިރު މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް ވަރަށް މޫސުން ގޯސް ދުވަސްވަރެކެވެ. މިގޮތުން ރާއްޖޭގެ ބައެއް ރައްތަކުގައިދަނީ އުދަ އެރުމާއި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންނެވެ.
Please be informed that due to the bad weather conditions there may be some delays to our flights.
— Maldivian (@MaldivianAero) July 18, 2019
މިރޭ 08:00 އިން މާދަމާރޭގެ 08:00 އަށް ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ. އަދި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ ކަމަށްވެސް މޫސުމާ ގައުމީ އިދާރާއިން ބުނެއެވެ.



