ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ވަޑާންކުރާ ސާމާނުތަކަކާއެކު މޯލްޑިވްސް ޕޮލިސް ސަރވިސް އިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މީހާ ހައްޔަރުކޮށްފައިވަނީ މާލެތެރެ ޕެޓްރޯލް ކުރަން އުޅުނު ޕޮލިހުންންނެވެ.
ފުލުހުން ވިދާޅުވީ، މިއަދު މާލެ ޕޮލިސް އިން މާލެތެރެ ޕެޓްރޯލް ކޮށް ބަލަހައްޓަމުން ދަނިކޮށް މީހެއްގެ އަމަލުތައް ހުރިގޮތުން ހުއްޓުވާ ބަލާ ފަސްކުރިއިރު ވަގަށް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ ވަޑާން ކުރަން ގެންގުޅޭ ސާމާނުތަކެއް އޭނާގެ އަތުން ވަނީ ފެނިފައި ކަމަށެވެ.
މި މައްސަލާގައި ހައްޔަރު ކުރެވިފައިވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، މި މީހާ ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައިވަނީ މިއަދު މެންދުރު 13:40 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.




