ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައެއްގައި މީހަކު ހޯދަން ފަށައިފިއެވެ.
މި ތަޙުޤީޤަށް ހޯދަމުން ދަނީ، ރ. ވާދޫ، އައްސޭރި، ޠާސީން ސަޢީދު (21އ) އެވެ. ޠާސީން ހޯދަމުން ދަނީ ވަކި ކޮން މައްސަލައަކާ ގުޅިގެން ކަމެއް އެފަރާތުން ހާމަކޮށްފައެއް ނުވެއެވެ.
ޠާސީން ސަޢީދާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެފަރާތުން ވަނީ އެދިލައްވާފައެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެފަރާތުން ވަނީ ޝުކުރު ދަންނަވާފައެވެ.




