މަލައިކާ އަރޯރާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ މަލައިކާ އަރޯރާ ޗުއްޓީ އޭނަގެ އަންހެން ރައްޓެހިންނާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ބ. އަތޮޅުގައި އޮންނަ، ދަ ވެސްޓިން މޯލްޑިވްސް މިރިލަންދޫ ރިސޯޓުގައި މަލައިކާ ނަގާފައިވާ ފޮޓޯތަކެއް އޭނަގެ ރަސްމީ އިންސްޓަގްރަމް އެކައުންޓްގައި މިއަދު ހިއްސާކޮށްފައެވެ.

މަލައިކާ މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންއިރު، މިއީ މަލައިކާ މިއަރު ތެރޭގައި ރާއްޖެއަށް އައިސްފައިވާ ދެވަނަފަހަރެވެ. މިއަހަރުގެ މާޗް މަހުގެ ތެރޭގައި މަލައިކާ އޭނަގެ ލޯބިވެރިޔާ އަދި މަޝްހޫރު ބޮލީވުޑްގެ ތަރި އަރުޖުން ކަޕޫރާއެކު ނިޔާމަ ޕްރައިވެޓް އައިލެންޑް ރިސޯޓުގައި ޗުއްޓީ ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.

ރިސޯޓުގެ ރީތި ހިތްގައިމު މަންޒަރުތައް މަލައިކާ އޭނަގެ އިންސްޓަގްރަމް އެކައުންޓްގައި ހިއްސާކޮށްފައިވާއިރު، އޭނަގެ ރައްޓެހިންނާއެކު ސަކަރާތްޖަހާ މަޖާކުރާ ފޮޓޯތައްވެސް އަންނަނީ ހިއްސާކުރަމުންނެވެ.

View this post on Instagram

?

A post shared by Malaika Arora (@malaikaaroraofficial) on

ދާދި ފަހަކުން ބޮލީވުޑްގެ "ކިންގް" ޝަހްރުކް ޙާން އޭނަގެ އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އައިސްފައިވެއެވެ.

ރާއްޖެއަކީ، ބޮލީވުޑް އަދި ހޮލީވުޑްގެ މަޝްހޫރު އަދި މުއްސަނދި ތަރިންގެ މެދުގައި ޗުއްޓީ ހޭކުރުމަށް މިހާރު މަޤުބޫލު މަންޒިލެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ