ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މާލޭ މީހަކު ހޯދުމަށް ފޮޓޯ އާއްމުކޮށް، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، މި ކޯޓު އަމުރާ ގުޅިގެން ފުލުހުން ހޯދަމުންދަނީ މާލެ، ގ. ޒަމާނީއާކުލަ، އިސްމާޢިލް ސާމިޙު އަޙްމަދު (38އ) ކަމަށެވެ.
"އިސްމާޢިލް ސާމިޙު އަޙްމަދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ބަލަމުންދާ ސާބިތުދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖުލައި 21 ވަނަ ދުވަހުގެ 13:30 ށް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެން." ފުލުހުން ވިދާޅުވިއެވެ.
ވީމާ އިސްމާޢިލް ސާމިޙު އަޙްމަދާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިލައްވައެވެ.




