ޕީއެންސީއިން އިންތިޒާމް ކޮށްގެން އިދިކޮޅު ފަރާތްތަކުން ބާއްވާ ދެވަނަ ރެލީ އަންނަ އޮގަސްޓްމަހުގެ 1 ވަނަ ދުވަހު ބޭއްވުމަށް އެޕާޓީން ތައްޔާރުވެއްޖެއެވެ.
މިކަން އިޢުލާނު ކޮށްފައިވަނީ މިހާރު ކުރިއަށްދާ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުރަހީމް ވާހަކަ ފުޅުދައްކަވަމުންނެވެ. އިދިކޮޅުން ރެލީއެއް ބާއްވަން ނިންމަފައި މިވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާގެ މައްސަލައެއްގެ ޝަރީއަތް ކުރިޔަށް ދާ ދުވަސްކޮޅެއްގައެވެ. މިއަދު ވަނީ ކުރިމިނަލް ކޯޓްގައި މި މައްސަލައިގެ އަޑުއެހުމެއް ވެސް ކުރިޔަށްގޮސްފައެވެ.
މި ބައްދަލުވުމުގައި ވާހަކަ ފުޅުދައްކަވަމުން އަބްދުއްރަޙީމް ވިދާޅުވީ މީގެ ކުރިން އިދިކޮޅުން ބޭއްވި ފުރަތަމަ އެއްވުމުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަތުމުން ސަރުކާރަށް ވަނީ އެކަން ހަޖަމް ނުވެފައިކަމަށެވެ. އަދި ހުރިހާ ދިމާލަކުންވެސް ފެންނަނީ ސަރުކާރު ފެއިލް ވަމުން މަންޒަރުކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންއަކީ ކުއްވެރިއެއް ނޫންކަމަށާއި ރައީސް ޔާމީނަށް ކުރާ ދަޢުވާއަކީ ކުރިޔަތް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ސަރުކަރުން ކުޅޭ ސިޔާސީ ކުޅިގަނޑެއްކަމަށް ވެސް މި ބައްދަލުވުމުގައިވަނީ ވަނީ ވިދާޅުވެފައެވެ.
މި ރެލީއަށް ކިޔާނެ ނަމެއް އަދި ނިންމާފައިނުވެއެވެ.



