މާވެލް "ފޭސް 4" ގެ ފިލްމްތައް ހާމަކޮށްފި

މާވެލް ފޭސް 3 ގެ އެންމެ ފަހު ފިލްމް "އެވެންޖާސް އެންޑް ގޭމް" އަދި "ފާ ފްރޮމް ހޯމް" އަށް ފަހު، މާވެލް ސިނަމެޓިކް ޔުނިވާސްގެ ފޭސް 4 ގެ ފިލްމްތައް މާވެލްއިން އިއުލާކޮށްފިއެވެ.

މާވެލް ގެ ކުރިއަށްއޮތް ފިލްމްތައް މާވެލްގެ ކޮމިކް ކޮން ޕެނަލްގައި އެސުޓޫޑިއޯގެ ވެރިޔާ "ކެވިން ފީޖް" މިދިޔަ ހޮނިހިރު ދުވަހު އިއުލާންކޮށްފައިވާއިރު، މި ފިލްމްތަކަށް މާވެލްގެ ފޭނުން ކުރާ އުއްމީދު ވަރަށް ބޮޑެވެ. އަދި މޭވެލްއިން ކުރިންގެ ގެނެސްދީފައިނުވާ ވަކި ސުޕަ ހީރޯތަކުގެ ފިލްމްތަކާއި ސީރީޒްތައް ފޭސް 4 ހިމެނެއެވެ.

ތިރީގައި މިވަނީ މާވެލް އިން ކުރިއަށް ގެނެސްދެން ތާވަލްކޮށްފައިވާ ފިލްމްތަކާއި ޓީވީ ސީރީޒްތަކެވެ.

1. "ބްލެކް ވިޑޯ"

ގިނަ އަހަރުތަކަކަށް ފަހު ފޭނުން "ބެލްކް ވިޑޯ" ގެ ފިލްމަކަށް ކުރަމުން އައި އިންތިޒާރީއަށް މިއޮތީ ކުޑަ ލުޔެއް އައިސްފައެވެ. ސްކާލެޓް ޖޯހާންސަން ބްލެކް ވިޑޯ، "ނަތާޝާ" ގެ ރޯލުން ފެނިގެންދާނެ މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މެއި 1 2020 ގައެވެ. "އެވެންޖާސް އެންޑް ގޭމް" ގައި ބްލެކް ވިޑޯ މަރުވެފައިވާއިރު، މި ފިލްމްއިން ފެނިގެންދާނީ އޭނަގެ ކުރީގެ ހަޔާތުގެ ވާހަކައެވެ. މި ފިލްމް ޑައިރެކްޓް ކުރާނީ "ކޭޓް ޝޯރޓްލޭންޑް"އެވެ.

2. "ދަ ފެލްކަން އެންޑް ދަ ވިންޓާ ސޯލްޑަރ"

މިއީ ސީރީޒްއެއް ގޮތަށް ގެނެސް ދޭން ހަމަޖެހިފައިވާ ޝޯއެކެވެ. އެންތޮނީ މެކީ އަދި ސެބާސްޓިއަން ސްޓޭން، މާވެލް ގެ ސުޕަހީރޯ ސޭމް ވިލްސަން (ފެލްކަން) އަދި ބަކީ ބާރްންސް( ވިންޓާ ސޯލްޑަރ) ގެ ރޯލުން ފެނިގެންދާ މި ސީރީޒް ޕްރީމިއާކުރުމަށް ހަމަޖެހިފައިވަނީ ދެން އަންނަ އަހަރުގެތެރޭގައެވެ.

2. "ދަ އިޓާނަލްސް"

"އެންޖެލީނާ ޖޯލީ" ފެނިގެންދާ މި ފިލްމްގައި ބޮޑު ކާސްޓެއް ހިމެނޭއިރު މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ، ދެން އަންއަހރުގެ ނޮވެމްބަރު 6 ގައެވެ.

3. "ޝަންގް ޗި އެންޑް ދަ ލެޖެންޑް އޮފް ދި ސެވަން ރިންގްސް"

މާވެލްގެ ގެ މާޝަލް އާޓް ސުޕަހީރޯ ފެނިގެންދާނެ މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ، 2021 ވަނަ އަހަރުގެ ފެބްރުއަރީ 12ގައެވެ.

4. "ވަންޑާ ވިޝަން"

މާވެލް ގެ ކުރީގެ ފިލްމްތަކުން ތަޢާރަފްވެފައިވާ ސުޕަހީރޯ "ވަންޑާ"ގެ ސީރީޒް ރިލީކުރުމަށް ހަމަޖެހިފައިވަނީ، 2021 ވަނަ އަހަރުއެވެ. މި ސީރީޒް އިން ފެނިގެންދާނީ ކުރިންވެސް "ވަންޑާ" ގެ ރޯލުން ފެނިގެންގޮސްފައިވާ "އެލިޒެބަތް އޮލްސަން"އެވެ.

5. "ލޯކީ"

"ލޯކީ"ވެސް ގެނެސްދޭން ހަމަޖެހިފައިވަނީ ސީރީޒްއެއްގޮތަށެވެ. އަހަރުތަކަކަށްފަހު ގިނަ ބަޔަކު އިންތިޒާރުކުރަމުން ދިޔަ މި ސީރީޒް ރިލީޒްކުރާނީ 2021 ވަނައަހަރުއެވެ. ސީރީޒްގައި ލޯކީ ގެ ރޯލުން ފެނިގެންދާނީ "ޓޮމް ހިޑްލްސަންއެވެ.

6. "ވަޓް އިފް.؟"

2021 ވަނަ އަހަރުގެ ހޫނު މުސުގައި ޕްރީމިއާކުރުމަށް ހަމަޖެހިފައިވާ މި ޓީވީ ސީރީޒް އަކީ އެނިމޭޓެޑް ސީރީޒްއެކެވެ.

7. "ހޯކް އައި"

މޭވެލް ގެ ސުޕަ ހީރޯ "ހޯކް އައި"ގެ ޓީވީ ސީރީޒްވެސް ނެރުމަށް ހަމަޖެހިފައިވަނީ 2021 ވަނައަހަރުއެވެ. ސީރީޒް އިން ވެސް ފެނިގެންދާނީ ފިލްމްތަކުން ފެނިގެންދިޔަ ތަރި "ޖެރެމީ ރެނާ"އެވެ.

8. "ޑޮކްޓަރ ސްޓްރޭންޖް އިން ދަ މަލްޓި ޔުނިވާސް އޮފް މޭޑްނެސް"

މޭވެލް ގެ ސުޕަ ހީރޯ "ޑޮކްޓަރ ސްޓްރޭންޖް" ގެ ކުރިއަށް އޮތް ފިލްމް "ޑޮކްޓަރ ސްޓްރޭންޖް އިން ދަ މަލްޓި ޔުނިވާސް އޮފް މޭޑްނެސް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ، 2022 ވަނަ އަހަރުގެ މެއި މަހުއެވެ. "ޑޮކްޓަރ ސްޓްރޭންޖް" ގެ ރޯލުން މިފަހަރުވެސް ފެނިގެންދާނީ "ބެނެޑިކްޓް" އެވެ.

9. "ތޯ: ލަވް އެންޑް ތަންޑާ"

މާވެލް ގެ މަޝްހޫރު ސުޕަހީރޯ ފިލްމް “ތޯ” ގެ ހަތަރު ވަނަ ބައި "ތޯ: ލަވް އެންޑް ތަންޑާ" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ، 2021 ވަނަ އަހަރުގެ ނޮވެމްބަރު 5ގައެވެ. “ޓެއިކާ ވައިޓިޓި” ޑައިރެކްޓް ކުރާ މި ފިލްމް އިން "ކްރިސް ހެމްސްވޮތް" ފެނިގެންދާއިރު "ނެޓަލީ ޕޯޓްމަން" މި ފިލްމްއިން އަނެއްކާވެސް އެނބުރި އަންނާނެއެވެ. "ނެޓަލީ ޕޯޓްމަން" މިފަހަރު ފެނިގެންދާނީ "ތޯ"ގެ އަންހެން ސުޕަހީރޯ އެއް ގޮތަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ