އެންހިފަން ފޭބި މަސްވެރިއެއްގެ ފަޔަށް ތޮޅިއެއްހެރި ޒަހަމްވެއްޖެ

އެން ހިފަން މޫދަށް ފޭބި މަސްވެރިއެއްގެ ފަޔަށް ތޮޅިއެއް ހެރިގެން ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.

މިއަދު ހެނދުނު ފުލުހުން ވިދާޅުވީ، މި ހާދިސާގައި ޒަހަމްވެފައިވަނީ ރޭ ފަތިހު 04:30 ހާއިރު ކ.ވައްބިންފަރު ކައިރިއަށް އެންހިފަން މޫދަށް ފޭބި 52 އަހަރުގެ ދިވެހިބ ފިރިހެނެއް ކަމަށެވެ.

ޒަހަމްވި މި މީހާ މިއަދު ހެނދުނު މާލެ ގެނެސްފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މެރިން ފުލުހުންގެ އެހީތެރިކަމާއެކުގައެވެ. މާލެ ގެނެސް ހޮސްޕިޓަލުގައި ފަރުވާދެމުންދާ އެމީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގައި އަނިޔާވެފައިވާ މީހާގެ ވަނަވަރު އަދި ލިބުނު އަނިޔާތަކުގެ ތަފްސީލު ފުލުހުން ހާމަކޮށްފައި ނުވާއިރު، އެންހިފަން އުޅުމާއި މަސްވެރިކަމުގައި އުޅުމުގެ ތެރޭގައި ޒަހަމްވާ ފަރާތްތަކަށް ޤައުމީ ސަލާމަތީ ބާރުތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ