ރޭ އިރާކޮޅު ގެއްލުނު އަންހެން ފަތުރުވެރިޔަކު މޫދުން ފެނިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
ފުލުހުން ދާދި ދެންމެ ވިދާޅުވީ، އދ.އަތޮޅުން 38 އަހަރުގެ އަންހެން ފަތުރުވެރިޔަކު ގެއްލިގެން ރޭ 20:30 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ރޭ މެންދަމުންއަލިވެ 02:00 ހާއިރު އެމީހާ ފެނިފައިވަނީ މޫދުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި އަންހެން މީހާ ފެނުނުއިރު ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް ހާދިސާ ހިނގީ ކޮށް ރަށެއްގައި، ކިހިނެތްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.