މާވަށު މާޒީ އަލްފާޟިލް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު - ފޮޓޯ: ރައީސް އޮފީސް

އިންފޯމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވެއްޖެ

ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އިންފޯމޭޝަން ކޮމިޝަނަރު، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުލް އަޒީޒު ޖަމާލު އަބޫބަކުރުގެ ފަސް އަހަރުގެ ދައުރު ހަމަވެ، އިންފޮމޭޝަން ކޮމިޝަންރުގެ ދައުރުގެ މަގާމު ހުސްވެއްޖެއެވެ.

އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރި އެ މަގާމަށް އައްޔަން ކުރެއްވީ 2014 ޖޫން 22 ވަނަ ދުވަހުއެވެ. އެ މަޤާމުގެ ދައުރަކީ، މަގާމަށް އައްޔަން ކުރާ ތާރީހުން ފެށިގެން ފަސް އަހަރުގެ އެއް ދައުރެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ ދައުރު ހަމަވާތީވެ، އެ މަޤާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން މިމަހުގެ 10 ވަނަ ދުވަހު ހުޅުވާލި ފުރުޞަތުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހަށް ހަމަވިއިރު، އެ މަޤާމަށް ނުވަ ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވާފައިވެއެވެ.

ދެވަނަ އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ނުވަ ބޭފުޅުން ކުރިމަތިލައްވާފައިވާކަން ރައީސް ފޮފީހުން ކަށަވަރުކޮށްދެއްވި ނަމަވެސް، އެއީ ކޮން ބޭފުޅުންނެއްކަން ހާމަކުރައްވާފައެއް ނުވެއެވެ. އަދި އެބޭފުޅުންގެ ނަންފުޅުތައް މިހާތަނަށް މަޖިލީހަށް ފޮނުއްވާފައެއްވެސް ނުވެއެވެ.

ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)ގެ 43 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، "އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް" އުފައްދަވާފައިވަނީ 13 ޖުލައި 2014 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ