އިންފޮމޭޝަން ކޮމިޝަނަރ ހުސެން ފިޔާޒު މޫސާ | ފޮޓޯ: މިހާރު

ދައުލަތުގެ މުވައްޒަފުންގެ މުސާރަ އަކީ ސިއްރުވާންޖެހޭ މަޢުލޫމާތެއް ނޫން : އިންފޮމޭޝަން ކޮމިޝަނަރ

ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތަކީ ސިއްރުވާންޖެހޭ މަޢުލޫމާތެއް ނޫން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ވިދާޅުވެއްޖެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ އެއްވެސް އިދާރާއެއްގެ މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތަކީ ރައްޔިތުންނަށް ސިއްރުވާންޖެހޭ މަޢުލޫމާތެއް ނޫން ކަމަށެވެ.

އެއީ މަޢުލޫމާތު ހޯދައިލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން، މުއައްސަސާގެ އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭ މަޢުލޫމާތަކަށް ވީހިނދު، ސަރުކާރުގެ ސައްތައިންސައްތަ ޙިއްސާ އޮތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މުސާރަ ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވާން ޖެހުނު ސަބަބު ހޯއްދެވުމަށް މަސައްކަތް ކުރެއްވުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެކަން ތަޙްޤީޤުކުރެއްވުމުގެ ބަދަލުގައި ހާމަކަން ބޮޑު ހިންގުމުގެ ސަގާފަތެއް ގާއިމުކުރުމަށް މަސައްކަތް ކުރެއްވުމަށާއި ހާމަކަން ބޮޑު ހިންގުމުގެ ނިޒާމެއް ގާއިމުކޮށް، އެ ސަގާފަތަށް އަހުލުވެރިވުމަކީ ފަސާދަ މަދުވެ، ދައުލަތާއިމެދު ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އޭރުން ދައުލަތުގެ އިދާރާތަކުގެ ތަސައްވުރު ރަނގަޅުވެގެންދާ ވެގެންދާނެ ކަމެއް ކަމަށާއި މި މަގަށް ކުންފުނިތަކާއި ދައުލަތުގެ އެންމެހާ އިދާރާތަކުން މަސައްކަތްކުރުމަށް ވެސް އެ ކޮމިޝަނުގެ ބަޔާނުގައި ބުނެފައި ވެއެވެ.

ސްޓެލްކޯގެ އިސްވެރިންގެ މުސާރަ ހާމަކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާއްމުވި ގޮތް ހޯދައިދިނުމަށް އެދި އެ ކުންފުނިން ވަނީ މަޖިލީހަށް ސިޓީއެއް ފޮނުއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ