މާލޭ މަގުމަތިން މީހެއްގެ އަތުން ފައިސާތަކެއް ފޭރިގެންފިއެވެ.
ފުލުހުން ވިދާޅުވީ، މިރޭ 21:14 ހާއިރު ޗާންދަނީމަގު ވެސްޓަރން ޔޫނިއަން ކައިރިން ފޭރިގެން މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްގައިވާ ކަމަށެވެ.
މަންޒަރުދުއް ފަރާތަކާ ހަވާލާދީ އޮންލައިން ނޫސް "ވަގުތު" އިން ބުނެފައިވަނީ، ފައިސާތައް ފޭރިގެންފައި ވަނީ ފައިސާތައް ހިފައިގެން ހުރި މީހާގެ ލޮލަށް "ލޮނު މިރުސް" ފަދަ އެއްޗެއް ޖެހުމަށް ފަހު ކަމަށެވެ.
ފޭރިގަތް ސަރަހައްދު ބަންދުކޮށް ފުލުހުން ހަރަކާތްތެރިވަމުންދާއިރު، ފޭރިގަނެފައިވަނީ ކިހާ ފައިސާއެއްކަމެއްވެސް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.
މި މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށާއި، އިތުރު މަޢުލޫމާތު ލިބުނު ވަރަކުން ހިއްސާކުރައްވާނެކަމަށް ފުލުހުން ވިފާޅުވިއެވެ.
(ތަފްސީލު އަންނަނީ)




